ފައިސާ ދަބަސް ހިފައިގެން ވޯޓް ހޯދަން ދިއުން ހުއްޓުމަށް ގޮވާލެއްވުމާއެކު، ފައިސާ އާއި ވަޒީފާދީގެން ރައްޔިތުންގެ ވޯޓު ހޯދައި، އިންތިހާބު ކާމިޔާބުކުރައްވަން މަސައްކަތް ކުރައްވާ ކެންޑިޑޭޓުން ހުއްޓުވުމަށް ކުރިއަށް މިއޮތް ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ، ކުރީގެ ރައީސް މައުމޫން ޢަބްދުލްގައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫން ގޮވާލައްވައިފިއެވެ.

ފާރިސް މިހެން ވިދާޅުވީ މިއަދު ބޭއްވެވި ޕްރެސް ކޮންފަރެންސެއްގައެވެ. މިކޮންފަރެންސްގައި ވާހަކަފުޅުދައްކަވަމުން ފާރިސް ވިދާޅުވީ ފައިސާ އާއި ވަޒީފާ ދީގެން އިންތިހާބު ކާމިޔާބު ކުރުމަށް މަސައްކަތް ކުރާ ކެންޑިޑޭޓުން ހުއްޓުވުމަށް އެދޭ ކަމަށެވެ. އަދި ރިޔާސީ އިންތިހާބު ފައިސާ އާއި ވަޒީފާއިން ކާމިޔާބު ކުރައްވާ ބޭފުޅަކަށް ޒިންމާ އަދާ ނުކުރެއްވޭނެ ކަމަށްވެސް ފާރިސް ވަނީ ވިދާޅުވެފައެވެ.

ވަކި ގޮތަކަށް ރައްޔިތުންގެ ވޯޓު ބައްޓަން ކުރުމުގެ ބޭނުމުގައި ރައްޔިތުން ސިޔާސީ ފިކުރަކަށް ގެނައުމުގެ ބޭނުމުގައި ވަޒީފާގެ ފުރުސަތުތައް ބޭނުން ކޮށްގެން ރައްޔިތުންނަށް ވަޒީފާތައް ދޭން ހުށައެޅުމާއި، ވަޒީފާގެ ބިރު ދެއްކުން ފަދަ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށް ފާރިސް ވަނީ ވިދާޅުވެފައެވެ. އަދި މިކަމުގައި ރައްޔިތުން ކުށްވެރި ނުކުރައްވާނެކަމަށާއި މިކަމުގައި ކުށްވެރިވާ ބަޔަކީ ފައިސާ ހިފައިގެން އާންމު ރައްޔިތުން ކައިރިއަށް ވަޑައިގަންނަވާ ބޭފުޅުންކަމަށްވެސް ފާރިސް ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑު ކުށްވެރިއެއް ނުކުރަން އާންމު ރައްޔިތުންނެއް، ކުށްވެރި ކުރަނީ ފައިސާ ހިފައިގެން އާންމު ރައްޔިތުން ކައިރިއަށް ވަޑައިގަންނަވާ ބޭފުޅުން،"

ފާރިސް ވިދާޅުވިއެވެ.

ފާރިސް އިިތުރަށް ވިދާޅުވީ، ރައްޔިތުންނަށް ވަޒީފާ ދޭއިރު ރައްޔިތުން އުޅެނީ ކޮން ޕާޓީއެއްގައިތޯ ނުވަތަ ވޯޓް ދެއްވަނީ ކޮން ބޭފުޅަކަށްތޯ އަދި އާއިލާ މީހުންގެ ވޯޓް ހުރީ ކޮން ގޮތަކަށް ކަން ބަލާކަށް ނުޖެހޭނެ ކަމަށެވެ.

ވަޒީފާއަކީ އިންތިހާބާ ދިމާކޮށް ވޯޓު ހޯދުމަށް ދޭންޖެހޭ އެއްޗެއް ނޫންކަމަށާއި، ވަޒީފާއަކީ އެމީހަކަށް ހައްގު ވަޒީފާއެއް އަދާ ކުރުމުގެ ފުރުސަތު ހުރިހާ ރައްޔިތުންނަށް އޮންނަން ޖެހޭ އެއްޗެއް ކަަމަށް ފާރިސް ވިދާޅުވިއެވެ.

ފާރިސް ވިދާޅުވާ ގޮތުގައި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށްޓަކައި، ރިޔާސީ އިންތިހާބުގެ ކެންޕެއިން ހަރަކާތްތަކުގެ ނަމުގައި މި ސަރުކާރުންނާއި ކުރީގެ ސަރުކާރުތަކުންވެސް ދައުލަތުގެ ބާރުތަކާއި ވަސީލަތްތައް ބޭނުން ކޮށްގެން މަސައްކަތްތައް ކުރުމަކީ އަބަދުވެސް ކުރާކަމެއްކަމަށެވެ. އެހެންކަމުން، މިފަދަ އަމަލުތައް ހުއްޓުވުމަށް ރައްޔިތުންގެ އެއްބާރުލުންވެސް ބޭނުންވާ ކަމަށް ފާރިސް ވިދާޅުވިއެވެ.

ފާރިސް ވިދާޅުވީ ރައްޔިތުން މިފަދަ ކަންކަމުން އަރައިގަންނަން ބޭނުުންވާނަމަ، އެ ބޭފުޅުން އެ ހުންނެވީ ރައްޔިތުންނަށް އެ ބޭނުންވާ ހެޔޮ ބަދަލު އަދި ގައުމަށް ބޭނުންވާ ތަރައްގީ ގެނައުމަށް ތައްޔާރުވެގެން ކަމަށެވެ.

ފާރިސް ނޫސްވެރިންނާ ބައްދަލުކުރައްވާފައި މިވަނީ އެމަނިކުފާނުގެ ކެމްޕެއިން ޙަރަކާތްތަކުގައި ރައްޔިތުންނާ ބައްދަލުވުމުން، ރައްޔިތުންގެ ފަރާތުން ހުރި ކަންބޮޑުވުންތައް ހިއްސާކުރެއްވުމަށެވެ. އިންތިހާބާ ދިމާކޮށް ނާޖާއިޒު ފައިދާ ހޯދައި ވޯޓަށް ނުފޫޒު ފޯރުވުމަށް މަސައްކަތްކުރަމުންދާތީ އެކަމުގެ ކަންބޮޑުވުން ހާމަކުރައްވައި އެކަންކަން ހުއްޓުވުމަށް ކަމާބެހޭ އިދާރާތަކަށް ގޮވާލުމަކީ ފާރިސްގެ ވާހަކަފުޅުގައި މައިގަނޑު ގޮތެއްގައި