ބްރަދަރހުޑް ގްރޫޕް އޮފް ކޮމްޕެނީސްގެ އަށާރަ ވަނަ އަހަރީ ދުވަހާ ގުޅިގެން އެކުންފުނިން ހާއްސަ ސޭލް އެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ. މިސޭލް ބްރަދަރހުޑްގެ އެކި ފިހާރަތަކުން ކުރިއަށް ގެންދާނެއެވެ.
އަހަރީދުވަހާ ގުޅިގެން ކުރިއަށް ގެންދާ މި ސޭލްގައި އެކުންފުނީގެ ފިހާރަތަކުން -/1000 (އެއްހާސް) ރުފިޔާއަށްވުރެ މަތިން ވިޔަފާރި ކުރައްވާ ކަސްޓަމަރުންގެ ތެރެއިން ހޮވިވަޑައިގަންނަވާ ފަރާތަކަށް އުމްރާ ދަތުރެއް ލިބިވަޑައިގަންނަވާނެއެވެ. އަދި، އިތުރު ދިހަ ފަރާތަކަށް ތަފާތު ދިހަ އިނާމު ލިބިވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ހަމަމިއާއެކު ބްރަދަރހުޑްގެ ފިހާރަތަކުން ވިޔަފާރި ކުރައްވާ ކަސްޓަމަރުންނަށް، މިސޭލްގައި ބައެއް ބާވަތްތަކުން ހާއްސަ ޑިސްކައުންޓުތަކެއް ވެސް ލިބިވަޑައިގަންނަވާނެއެވެ. މި ސޭލް ތެރޭގައި ބްރަދަރހުޑް ބާޒާރު ފިހާރައިން ބެޑްޝީޓުވެސް ހާއްސަ އަގުތަކެއްގައި ލިބިވަޑައިގަންނަވާނެއެވެ.
މިސޭލް ތިރީގައިމިވާ ބްރަދަރހުޑްގެ ފިހާރަތަކުގައި ކުރިއަށް ދާނެއެވެ.
- ބްރަދަރހުޑް އިލެކްޓްރޯނިކްސް
- ބްރަދަރހުޑް ބާޒާރު
- ބްރަދަރހުޑް
- ބްރަދަރހުޑް ފިހާރަ
- ބްރަދަރހުޑް ހާޑްވެއަރ
ވީމާ، މި ފުރުސަތު ނަންގަވާނުލައްވައި އަވަހަށް ބްރަދަރހުޑްގެ ފިހާރަތަކަށް ޒިޔާރަތް ކޮށްލައްވާށެވެ. ނަސީބު އަގުވަޒަން ކޮށްލެއްވުމަށް މިއީ ހަމަ ރަނުގެ ފުރުސަތެކެވެ. ހަމައެހެންމެ ބޭނުންފުޅުވެ ވަޑައިގަންނަވާ ސާމާނު އަގުހެޔޮކޮށް ލިބިވަޑައިގަންނަވާ މި ފުރުސަތު ނަންގަވާނުލައްވަމާތޯއެވެ.
"ބްރަދަރހުޑް ގްރޫޕް އޮފް ކޮމްޕެނީސް" އަކީ ދިވެހިރާއްޖޭގައި ކުރިއަރާފައިވާ އަދި ކުރިއަރަމުން އަންނަ ކާމިޔާބު ވިޔަފާރިއެކެވެ.
މިއީ ދިވެހިރާއްޖޭގައި ފެންވަރު ރަނގަޅު ކޮސްމެޓިކްސް، ގާމެންޓްސް، އިލެކްޓްރިކް އެންޑް އިލެކްޓްރޯނިކްސް، ގޭތެރޭގެ ސާމާނު ފޯރުކޮށްދޭ ފުންނާބުއުސް އެއް ކުންފުންޏެކެވެ. ހަމައެހެންމެ މިއީ ރާއްޖޭގެ ހުރިހާ ހިސާބަކަށް މުދާ ފޯރުކޮށްދޭ ކުންފުންޏެއްވެސްމެއެވެ.
ތިމާވެށީގެ ގޮތުން ދެމެހެއްޓެނިވި ސްޓްރެޓެޖީތަކާއި ކޯޕަރޭޓް އިޖުތިމާއީ ޒިންމާތައް އަދާކުރުމުގެ ގާބިލުކަން ލިބިފައިވުމާއެކު، ދިވެހިރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންގެ އެންމެ މޮޅު ފަހުރުވެރި ދިހަ ކުންފުނީގެ ތެރޭގައިވެސް މި ކުންފުނި ހިމެނޭކަން ފާހަގަކޮށްލަމެވެ. ދިވެހިންގެ އިތުބާރާއި ޔަގީންކަން ލިބިފައިވާ ބްރަދަރހުޑް ގްރޫޕް އޮފް ކޮމްޕެނީސްއިން ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށްވެސް މުދާ ލިބިވަޑައިގަންނަވާނެއެެވެ.