ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫގައި ސަރުކާރުން ހިންގާފައިވާ ބައެއް މަޝްރޫއުތަކުުގެ ނިމުން ފާހަގަ ކޮށްދެއްވައިފިއެވެ.
ރައީސް ސާލިހު ވަނީ ބ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު ހަވީރު ކެންދޫއަށް ވަޑައިގެން އެރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކޮށްދެއްވައި، އެރަށުގެ ފުޓުބޯޅަދަނޑާއި ވޮލީކޯޓު ހުޅުއްވައިދެއްވާފައެވެ.
އެމް.ޓީ.ސީ.ސީ އާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ ކެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން، 210 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓް ވަނީ ޖަހާފައެވެ. އަދިި 754 މީޓަރުގެ ބޭރުތޮށި ޖަހައި، 800 އަކަމީޓަރުގެ މޫދަށް އެރޭ ސަރަހައްދެއް ވަނީ ހަދާފައެވެ.
ރައީސް މިއަދު ހުޅުއްވައި ދެއްވި، ކެންދޫ ފުޓުބޯޅަ ދަނޑަކީ މައިނާ ސްޕޯޓްސް ފީލްޑް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ޓަރފްއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ ފުޓުބޯޅަ ދަނޑެކެވެ.އަދި ކެންދޫ ވޮލީކޯޓް އަޅާފައި ވަނީ، މޯލްޑިވްސް އެޝުއަރ ސަޕްލައިއާ ހަވާލުކޮށްގެންނެވެ.
ޒުވާނުންނަށް ކުޅިވަރު ކުޅެވޭނެ މަގުތައް ފަހިކޮށްދިނުމުގެ ގޮތުން ޒަމާނީ ފެންވަރުގެ ފުޓުބޯޅަ ދަނޑުތަކާއި، ފުޓުސަލް ދަނޑުތައް، އަދި ކުޅިވަރު ކޯޓުތައް އަޅައި، ކުޅިވަރުގެ ތެރެއިން ރައްޔިތުންނަށް ދުޅަހެޔޮ އުފާވެރި ދިރިއުޅުމަކަށް މަގުފަހިކޮށްދިނުމަށް ސަރުކާރުން ވަނީ ގިނަ މަޝްރޫއުތަކެއް އަތޮޅުތަކުގައި ހިންގާފައެވެ.
ސަޅި، އިބޫ ސަރުކާރަކީ އެފަދަ ދެވަނައެއް ނުވާ ވަރު ބައެއް، ފަހަތައް އެންމެ ފިޔަވަޅެއްވެސް ނާޅާ ކުރިއަށް ބާރަށް ކުރިއަށް ހަބޭސް