ދިވެހި ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު ފުލުހުން ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

އިސްކަންދަރު ބިލްޑިންގގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ފުލުހުންނަށް ހުވާ ލައިދެއްވީ ކްރިމިނަލް ކޯޓުގެ ގާޒީ އަލްއުސްތާޛު އިބްރާހިމް އިހްސާންއެވެ.

ފުލުހުން ބުނީ މި ރަސްމިއްޔާތުގައި 100 ފުލުހުން ހުވާކޮށް, ހުވާގެ އިގުރާރުގައިވަނީ ސޮއިކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ 53 ފިރިހެން ފުލުހުންނާއި 47 އަންހެން ފުލުހުން ކަމަށެވެ.

މި ރަސްމިއްޔާތުގައި ހެޑް އޮފް ހިއުމަން ރިސޯސަސް، ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ހަނީފް، ހެޑް އޮފް ވޯކްފޯސް ޕްލޭނިންގ އެންޑް މެނޭޖްމަންޓް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ސުލްޠާން އަޙްމަދު ބިޝާރު އަދި ހެޑް އޮފް ރެކްރޫޓްމަންޓް އެންޑް ޑިޕްލޮއިމެންޓް ޔުނިޓް އިންސްޕެކްޓަރ އޮފް ޕޮލިސް ޙުސައިން ޝަރީފް ބައިވެރިވެލެއްވިއެވެ.