ސުޕްރީމު ކޯޓުން ފުރާޅު ނެގުމާ ކައުންސިލްތައް ތަޅުއަޅުވާ ސަސްޕެންޑްކުރި ދުވަސް މާޒީ ވެއްޖެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ފައްޔާުޒު ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ ވޭތުވެދިޔަ ފަސް އަހަރު މިސަރުކާރުން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ހެޔޮވެރިކަމަކަށް އަލުން އަނބުރާ އިޔާދަކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އަދި ސުޕްރީމު ކޯޓުން ފުރާޅު ނެގުމާ ކަުއުންސިލްތައް ތަޅުއަޅުވާ ސަސްޕެންޑްކުރި ދުވަސް މާޒީ ވެއްޖެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު މިފަދައިން ވިދާޅުވެފައިވާއިރު ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރެވިގެން މިދަނީ ރާއްޖޭގެ ޝަރުއީ އެއްވެސް ކޯޓެއްގެ ފުރާޅުން ވެސް ޓިނު ނުނަގާ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ވެސް ވަނީ ވިދާޅުވެފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވީ ސިޔާސީ ބޭނުމުގައި އެއްވެސް މީހަކު ހައްޔަރު ނުކުރާނެކަމުގެ ޔަގީންކަން 2018ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައިވެސް ދެއްވާފައިވާނެ ކަމަށެވެ. ރައީސް ވިދާޅުވީ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ބޭފުޅުން އެގޮތް އޭރު ގަބޫލު ނުކުރައްވާ ކަމަށާއި އެއީ އެޕާޓީގެ ސިޔާސަތަކަށް ވާތީ ކަމަށެވެ.