މަޝްހޫރު ފިލްމީ ތަރި ޢަލީ ސީޒަންގެ ތާއީދު ޑރ. މުހައްމަދު މުއިއްޒު އަށް ކުރުމަށް ނިންމައިފިއެވެ.

ޑރ. މުއިއްޒު މިކަން ހާމަކޮށް އެކްްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ސީޒަންގެ މި ނިންމުމަށް ޝުކުރު އަދާކުރައްވާފައެވެ.

ފިލްމު އިންޑަސްޓްރީގެ ގިނަ އަދަދެއްގެ ފަންނާނުންނާއިއެކު ބޭއްވި މިބައްދަލުވުމުގައި އެބޭފުޅުންގެ ފަރާތުން ވަނީ ހުރި ކަންބޮޑުވުންތައް ޑރ. މުއިއްޒުއާއި ހިއްސާ ކުރައްވާފައެވެ. އެގޮތުން އިންޑަސްޓްރީ ކުރިއަށް ގެންދިއުމުގައި ހުރި ދަތިތަކާއި، ގޮންޖެހުންތަކާިއ ގުޅޭގޮތުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ.

މިބައްދަލުވުމުގައި އެމަިކުފާުވަީ އެ އިންޑަސްޓްރީ ބޭފުޅުން ދެއްކެވި ވާހަތަކަށްފަހު އެބޭފުޅުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައި ދެއްވާނެކަމަށް ވިދާޅުވެފައެވެ.

ރިޔާސީ އިންތިޚާބުގެ ފޯރިގަދަވެ އިންތިޚާބުގެ ވަގުުތު ކުޑަތަން ވަމުން އަންނައިރު ގިނަ ފަރާތްތަކަކުން ވަނީ އިއްޔެވެސް ޑރ. މުއިއްޒުއަށް ތާއީދު ކުރައްވަން ނިންމަވާފައެވެ.

މިފަހުން މުއިއްޒުއަށް ތާއީދު ކުރައްވަން ނިންމި ފަރާތްތަކުގެ ތެރޭގައި ޑރ. އަލީ ޝަހީމް އާއި ޑރ. އަނާރާ ނައީމް ހިމެނެއެވެ.