އއ.ބޮޑުފޮޅުދޫ ބިން ހިއްކުމުގެ މަަަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ.

ޕްލޭނިން މިނިސްޓްރީން، ބޮޑުފޮޅުދޫ ބިން ހިއްކުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 74.12 މިލިއަން ރުފިޔާއަށެވެ.

އެ މަޝްރޫއުގެ ދަށުން އެމްޓީސީސީން އަށް ހެކްޓަރުގެ ބިން ހިއްކައި، 180 މީޓަރުގެ ސަރަހައްދެއްގައި ބްރޭކްވޯޓާ ޖަހައި 1،052 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓު ޖެހުމުގެ އިތުރުން 110 މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތް ކުރާނެއެވެ.

މި މަސައްކަތްކުރުމުގެ ތެރެއިން މިދިޔަ މަހުގެ އަށްވަނަ ދުވަހުގައި ވަނީ ޕްރޮޖެކްޓް ސައިޓް މޮބަލައިޒްކޮށްފައެވެ.

+