ޝައިހް އިލްޔާސް އަދިވެސް ތާއީދުކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ކަމަށާއި، އެއީ 2018 ގައި ވެސް އިލްޔާސް ތާއީދުކުރެއްވި ކެނޑިޑޭޓުކަމަށް އޭނާ ވިދާޅުވެއްޖެއެވެ.
ޝައިހް މިގޮތަށް ވިދާޅުވީ އައްޑޫ ސިޓީގެ ހިތަދޫ ދެކުނު ދާއިރާގެ ތިން ފިޔަ ޖަގަހަ ހުޅުވުމުގެ ގޮތުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އަދާލަތު ޕާޓީގެ އިމްލުވެރިންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ޝައިހް އިލްޔާސް އިތުރަށް ވިދާޅުވީ އައްޑޫ ރައްޔިތުން ވަރަށް ބޮޑަށް ވިސްނާ ފިިކުރުކުރަންޖެހޭ ކަމެއް ކަމަށާއި އަދި އެއީ މިހާތަނަށް އައި އެންމެންސްވަނީ އައްޑޫ ރައްޔިތުންނާ ކުޅެފައި ކަމަށެވެ. އަދި މިފަހަރުގެ ލިބޭ ފުރުސަތުގެ ބޭނުން ހިފަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
މީގެއިތުރުން އިލްޔާސް ވަނީ މިއަދުގެ ސަރުކާރުން އައްޑޫއަށް ބޭނުންވާ ކަންކަން ކުރެއްވުމަށް އެވަނީ މަގުފަހި ކޮށްފައިކަމުން އޭގެ ބޭނުން ހިފަންޖެހޭ ކަމަށާއި އައްޑޫ ރައްޔިތުން އެކަތިގަނޑަކަށްވެ މިކަމަށް މަސައްކަތް ކުރުމަށްވެސް ގޮވާލައްވާފައެވެ.
އަދި އަޅުގަނޑުމެން އެދުނު ކޮންމެ ކަމެއް މިހާތަނަށްވެސް އިސްލާހު ކުރައްވަން ރައީސް މަސައްކަތް ކޮށްފައިވާ ކަމަށްވެސް ޝައިހް އިލްޔާސް ވަނީ ވިދާޅުވެފައެވެ.
އިލްޔާސަށްތާއީދެއް އޮތްނަމަ އެފަދަ ދީނީއިލްމުވެރިން ހޮވާނެ . ގޮޑިގަޑަކަށް ކުރިމަތި ލައި ނުހޮވޭއިރު މާމަގްބޫލު މީހަކަށް ވެގެން މަޝްހޫރު މީހަކަށް ވެގެން ގައުމު އަދަވަަކަށް ވައްޓާލަން ވާހަކަ ފަތުރަނީ . މިކަލޭގެ ބުނެގެން ތިބިހާބަޔަކު ވޯޓް ދޭނެ ކަމަށް .
އިލިޔާސުގެ ޢިލްމީފެންވަރާމެދު ދެބަހެއް ނުވަން. ނަމަވެސް އިލިޔާސް ތާޢީދުކުރާހާ މީހަކަށް ތާޢީދު ކުރާކަށް ނުޖެހޭނެ. އަދި އެގޮތަށް ނުވެސް ބުނެވޭނެ