ސެޕްޓެމްބަރ ނުވައެއްގައި ބާއްވާ ރިޔާސީ އިންތިހާބުގައި، ދަ ކޮމޮނާރސް ފްރެންޑްޝިޕް އެސޯސިއޭޝަނުން އިދިކޮޅު ކޯލިޝަން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒާއި ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފް، ސެމްބެއަށް ތާއީދު ކުރަން ނިންމައިފިއެވެ.

ޑރ މުއިއްޒާއި ސެމްބެއަށް ތާއީދު ކުރަން، ކޮމޮނަރސްއިން ނިންމީ ކޮންގްރެސް ބައްދަލުވުމަކަށްފަހު 95 އިން ސައްތަ ވޯޓުން އެގޮތަށް އެއްބަސްވެ އިއްތިފާގުވެގެންނެވެ.

ހަލަބޮލިކަން ބޮޑު މާލޭގެ ތާށިކަން ބޮޑު، ޖާގައިގެ ގޮތުން ދަތި ހާލުގައިވެސް، ރޭދުވާ ވަކިނުވެ ދާއޮހޮރައިގެން ކުރާ މަސައްކަތުން ލިބޭ އާމްދަނީ ކުލިދެއްކުމަށްފަހު އެހެން ހުރިހާ އުފާތަކުން މަހުރޫމުވާން ޖެހިފައި، ޝަކުވާ އަޑުއަހާނެ ފަރާތެއްގެ އުންމީދުގައި ތިބި އެތައްބަޔަކަށް، އެބައިމީހުން ކުރަމުންދާ އިންތިޒާރުތަކަށް ނިމުމެއް ގެނެސްދެއްވާނެކަމުގެ ވައުދުތައް އިވެމުންދާ މިދަނޑިވަޅުގައި، ދަ ކޮމޮނަރސް އިން ހިޔާރުކޮށްފައި މިވަނީ މުއިއްޒާއި ސެމްބެއަށް ތާއީދު ކުރުމަށެވެ.