ރާއްޖޭގެ ތާރީހުގައި ދިވެހި ޤައުމު ދެކުނު އެންމެ ބޮޑު ތަރައްގީ ގެނެސްދިން ރައީސް ޔާމީންގެ ބާރު ސްޕީޑުގެ ތަރައްގީ މަޑު ޖެއްސީ މިސަރުކާރުން ކަމަށާއި، ރައީސް ޔާމީންގެ ތަރައްގީ އަލުން އިޔާދަ ކޮށްދެއްވާނެކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރިޔާސީ ކެމްޕޭންގައި ރޭ ފުވައްމުލަކުގައި އެތައް ސަތޭކަ ބަޔަކާއެކު ބޭއްވި ފޯރިގަދަ ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ރައީސް ޔާމީން ގެނެސްދެއްވި ތަރައްގީ އަކީ ދިވެހި ތާރީހުގައި މިހާތަނަށް އެންމެ އުފާވެރި ދުވަސްތައް ކަމަށެވެ. ރައީސް ޔާމީންގެ ތަރައްގީގެސްޕީޑަކީ ދިވެހި ރައްޔިތުން އަލުން އިޔާދަ ކުރަން ބޭނުންވާ ކަމެއްކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ރައީސް ޔާމީން ދިވެހި ރައްޔިތުންނަށް ގެނެސްދެއްވި ތަރައްޤީއަކީ ޤައުމުގެ މިނިވަންކަމާއި ސިޔާސަތާއި އިސްތިގުލާލު ހިފަހައްޓައި، ދިވެހި އިޤްތިޞާދު ހަމަ މަގަށް އަޅުވައި ގެނެސްދެއްވި ތަރައްގީ ކަމަށެވެ.