އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ކޮޅުމަޑު ދިޔަމިގިލީގައި ފެނަކަ އައު އޮފީސް އިމާރާތް މިއަދު ހުޅުއްވައިދެއްވައިފިއެވެ.

ރައީސް ސާލިހު ދިޔަމިގިލި ފެނަކަ އައު އޮފީސް އިމާރާތް ހުޅުއްވައިދެއްވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ކޮޅުމަޑުލަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައެވެ.

ފެނަކަ އައު އިމާރާތް ހުޅުއްވައިދެއްވުމުގެ ތެރެއިން: ފޮޓޯ/ރައީސް އޮފީސް

ދިޔަމިގިލި ކުރީގެ އިންޖީނުގެއަކީ 19 އަހަރުވެފައިވާ އޮފީސް އިމާރާތެއް އިން ތަނެކެވެ. އަދި އެތަނަކީ ކުރިން ހަމައެކަނި ސްޓޯރާއި ފާހާނާ އަދި ސްޓާފް އޭރިއާއެއް ހިމެނޭ އިމާރާތެކެވެ. އަލަށް ހުޅުވި އޮފީސް އިމާރާތަކީ ރިސެޕްޝަން، ލޮބީ، މެނޭޖަރ ރޫމް، މީޓިން ރޫމް، ގެސްޓްރޫމް، ޕޭންޓްރީ، ސްޓޯރް، ފާހާނާ އަދި ޓެކްނިކަލް ރޫމް ހިމެނޭހެން ހަދާފައިވާ ތަނެކެވެ.

ފެނަކަ ބައު އިމާރާތް: ފޮޓޯ/ފެނަކަ މީޑިއާ

މީގެއިތުރުން މިދަތުރުފުޅުގައި ރައީސް ވަނީ އެރަށު އިންޖީނުގެއާއި ކުޑަކުދިންގެ ޕާކްވެސް ހުޅުއްވައިދެއްވާފައެވެ. އަދި ކުރިއަށް އޮތް ދައުރަށް އެމަނިކުފާނު އިންތިހާބު ކޮށްދެއްވައިފިނަމަ، ދިޔަމިގިއްޔަށް ދިމާވެފައިވާ ބޯހިޔާވަހި ކަމުގެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.