ގެއްލިގެން ހޯދަމުން އަންނަ ހއ. ބާރަށު ޝައިސިންގސްޓަރ، މުހައްމަދު ތައުފީގު ފެނިއްޖެއެވެ.

ފުލުހުން ބުނީ، 35 އަހަރުގެ މުހައްމަދު ތައުފީގު ފެނުނީ މާލެއިން ކަމަށެވެ. މުހައްމަދު ތައުފީގު ފެނުނު އިރު އޭނާގެ ހާލު ރަނގަޅު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އެހެން ނަމަވެސް އެކަމާ ބެހޭ އިތުރު ތަފްސީލެއް ފުލުހުން ދީފައެއް ނުވެއެވެ.

ފުލުހުން އިއްޔެ ބުނީ، ތައުފީގުގެ އާއިލާއަށް ހަބަރެއްނުވެ އޭނާ ގެއްލިފައިވާ ކަމަށް އިއްޔެ މެންދުރު 01:35 އެހައިކަންހާއިރު ރިޕޯޓުކޮށްފައިވާ ކަމަށާއި، ތައުފީގު ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ތައުފީގަކީ ކުށުގެ ރެކޯޑް އޮންނަ ފަރާތެކެވެ.