ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ މުހައްމަދު މުއިއްޒު ވަނީ ޓެކްސީ ޑްރައިވަރުންނާ ބައްދަލުކުރައްވައި އެފަރާތްތަކުގެ ޝަކުވާތަކާއި ތަކުލީފުތަކުގެ އަޑު އައްސަވާފައެވެ. އިއްޔެގެ މިބައްދަލު ކުރެއްވުމުގައި ޑރ މުއިއްޒު ވަނީ ޑްރައިވަރުންނަށް ކޮށްދެއްވާނެ ކަންތައްތަކާ ބެހޭ ގޮތުން ވާހަކަދައްކަވައި އެކަންތައްތަ ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައި ވަައުދުވެވަޑައިގެންފައެވެ.

ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ޓެކްސީ ޑްރައިވަރުންނާ ބައްދަލުކުރެއްވުން
ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ޓެކްސީ ޑްރައިވަރުންނާ ބައްދަލުކުރެއްވުން

ޓެކްސީ ޑްރައިވަރުންނަށް ޑރ މުއިއްޒު ވައުދުވެވަޑައިގެންނެވި ކަންތައްތަކަކީ؛

ބޯހިޔާ ވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް ކުރައްވާ މަސައްކަތުގެ ތެރެއިން އަޅާ ފްލެޓްތަކުން ޓެކްސީ ޑްރައިވަރުންގެ ތެރެއިން ދަފްތަރު ކުރެވި ދާއިމީ ވަޒީފާއެއް ގޮތަށް ޓެކްސީކުރާ ފަރާތްތަކަށް ފްލެޓް ލިބޭނެ ގޮތެއް ހަމަޖެހިގެންދާނެ ކަމަށް މުއިއްޒުވަނީ ވިދާޅުވެފައެވެ.

ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ޓެކްސީ ޑްރައިވަރުންނަށް ވެވަޑައިގެންނެވި ވައުދުތައް

މި ސަރުކާރުން ހަމައެއް ލަމައެއްނެތިދަނީ ޕާކުކުރާނެ ތަނެއް ނުދައްކާ ސްޓިކާޖަހަމުން ކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ އެ ހުރިހާ ޖޫރިމަނާއެއް އެއްކޮށް މާފުކޮށްދެއްވާނެ ކަމަށެވެ. އޭގެ ތެރޭގައި ޓެކްސީ ތަކުގެ ޖޫރިމަނާތައްވެސް ހިމެނޭކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ޓެކްސީ ޑްރައިވަރުންނަށް ވެވަޑައިގެންނެވި ވައުދުތައް

ޓެކްސީ ޑްރައިވަރުންނަށް ގާނޫނީ ހައިސިއްޔަތު ލިބޭ ގައުމީ ދަފްތަރެއް އެކުލަވާލައްވާނެކަމަށާއި ޑްރައިވަރުންނަކީ ވަޒީފާއެއް ގޮތަށް މަސައްކަތް ކުރާ ބަޔަކަށް ހަދައި، ގާނޫނަށް ގެންނަން ޖެހޭ އިސްލާހު ގެނެސް ޑްރައިވަރުންނަށްވެސް އިންޝުއަރެންސާއި، ބޭންކުތަކުން ލޯނު ނެގޭނެ މަގު ފަހިކޮށްދެއްވާނެކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.