ޕޯސްޓު މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު ދެ މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފިއެވެ.

މިއަދު ކަސްޓަމްސްއިން ނެރުނު ބަޔާނުގައި ވަނީ އެ ތަކެތި އަތުލައިގަތީ، މިދިޔަ ހޯމަ ދުވަހު ކުރިއާ ސާވިސް މެދުވެރިކޮށް މެލޭޝިއާއިން ރާއްޖެ އަށް ޕެކޭޖުތަކެއްގެ ތެރޭގައި ޝައްކުކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން، އެ ތަކެތި އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

މީގެ އިތުރުން ކަސްޓަމްސްއިން ބުނީ އެ ތަކެތި ފުރަތަމަ މަރުހަލާގައި ތަހުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން އަށް ޕޮޒިޓިވްވެފައިވާ ކަމަަށާއި އޭގެ ބަރުދަނުގައި ޕެކިންއާ އެކު ޖުމްލަ 1.6 ކިލޯ ހުރިއިރު، އެ ތަކެތީގެ މަގުމަތީ އަގަކީ 2,000,000ރ. ކަމަށެވެ.

އަދި މި މައްސަލަ އިތުރަށް ތަހުގީގުކުރުމަށްޓަކައި، އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ ދިވެހި ފުލުހުންގެ ހިދުމަތާއި ހަވާލުކުރެވިފަ ވާކަމަށް ކަސްޓަމްސް އިން ބުނެފައިވެއެވެ.