ރިޔާސީ ކެމްޕޭންގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ހުވަދު އަތޮޅު ދެކުނުބުރީ ވެރިކަންކުރާ ރަށް ތިނަދޫއަށް ވަޑައިގެންނެވުމުން އެރަށުން ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.

ތިނަދޫއަކީ ގދ.އަތޮޅުގެ އަތޮޅުވެރިކަން ކުރާ އަދި ދެކުނުގައިވެސް އާބާދީ ބޮޑު އާބާދީތަކުގެ ތެރެއިން އާބާދީއެއް އޮންނަ އެއްރަށެވެ.

ތިނަދޫއަށް މުއިއްޒު ވަޑައިގެންނެވުމުން އެރަށުގެ ކުދިބޮޑު ގިނަ ބަޔަކު ބަނދަރު ސަރަހައްދަށް ނިކުމެ މުއިއްޒުއަށް މަރުހަބާ ކިޔާފައިވާއިރު މިއީ ހުވަދު އަތޮޅުން ކީ އެންމެ ހޫނު މަރުހަބާކަންވެސް ފާހަގަކޮށްލެވެއެވެ.

ގދ ތިނަދޫން މުއިއްޒަށް މުޅިން ތަފާތު ވަރުގަދަ މަރުހަބާއެއް
ގދ ތިނަދޫން މުއިއްޒަށް މުޅިން ތަފާތު ވަރުގަދަ މަރުހަބާއެއް
ގދ ތިނަދޫން މުއިއްޒަށް މުޅިން ތަފާތު ވަރުގަދަ މަރުހަބާއެއް

ސިޓީއަކަށް ބަދަލު ކުރުމަށް ސަރުކާރަށް މިހާރު ވަރަށް ބޮޑު ގޮންޖެހުމެއް އޮތުމާއެކު، ތިނަދޫއަކީ މިސަރުކާރުން ސިޓީއަކަށް ބަދަލު ކުރާނެ ކަމަށް ވައުދުވެ އެކަން ނުވެ އޮތް ބޮޑު އަބާދީއެކެވެ. ސަބަބަކީ ރައްޔިތުންގެ މަޖިލީހުގެ ގާނޫނަަށް އިސްލާހު ނުގެނެސް ތިނަދޫ ސިޓީއަކަށް ބަދަލު ނުކުރެވޭނެތީއެވެ.

ގދ ތިނަދޫން މުއިއްޒަށް މުޅިން ތަފާތު ވަރުގަދަ މަރުހަބާއެއް

ރައީސްސާލިހު ތިނަދޫއަށް މިމަހު 30 ވަނަ ދުވަހު ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެެވެ. ރައީސް ސާލިހު ތިނަދޫއަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ އިރު، ގިނަ ބަޔަކު ދަނީ، މިފަހަރުގެ އިންތިހާބުގައި ތިނަދޫއިން ސާފު އައުލަބިއްޔަތު މުއިއްޒު ހޮވާނެކަމަށް ބުނަމުންނެވެ.