ބޭންކްތަކުގެ ހިދްމަތް ހޯދުމުގައި މިއަދު ކުރިމަތިކޮށްފައިވާ ދަތިތައް އެމަނިކުފާނުގެ ވެރިކަމެއްގައި ނައްތާލާނެ ކަމަށާއި އެކިގޮތްގޮތުން ކުރިމަތިކޮށްފައިވާ ލިމިޓްތައް ނައްތާލާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ކެންޕެއިނަށް އއ. މާމެންދޫއަށްއަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޤާސިމް ވިދާޅުވީ ވިޔަފާރިތަކާއި އަމިއްލަ ފަރާތްތަކުގެ ފައިސާ ހިފަހައްޓާ ބޭންކުތަކުން ކުރިމަތިކުރުވާ ދަތިނައްތާލައި ހިދްމަތްތައް ފަސޭހަ ނިޒާމެއް ގާއިމްކުރައް ވާނެކަމަށެވެ.
މީގެ އިތުރުން ގާސިމް ވަނީ އެމަނިކުފާނު ވިޔަފާރިވެރިންގެ ޖަމްއިއްޔާގެ ރައީސްކަމުން ފެށިގެން ރައްޔިތުންނަށް ހެޔޮބަދަލުތަކެއް ގެނެސްދެއްވުމަށް ކުރެއްވި މަސައްކަތުގައި ކުރިމަތިވި ދަތިއުނދަގޫ ހާލަތުތައް މާންދޫގެ ރައްޔިތުންނާއި ހިއްސާކުރައްވާފައެވެ. އަދި އިސްލާހީ މަސައްކަތުގައި އެމަނިކުފާނާއެކު ބައިވެރިވި ބައެއް ބޭފުޅުން މިއަދު ދުނިޔެ ދޫކުރައްވާފައިވާތީ އެބޭފުޅުންނަށް ހެޔޮ ރަޙްމަތްލެއްވުން އެދި ދުއާ ކުރެއްވިއެވެ.
ހަމައެއާއެކު އިސްލާހީ މަސައްކަތުން ގެނައި ބަދަލުތައް މިހާރުނެތި ދިއުމުގެ ބިރުކުރިމަތިވެފައިވާ ކަމަށާއި ހައްގުތައް ކަށަވަރުކޮށް އިސްލާހީ ހެޔޮބަދަލުތަކަށް އަލުން މަސައްކަތް ފަށަންޖެހިފައިވާ ކަމަށާއި ވެރިންގެ ހުދުމުހުތާރު ކަމުން ސަލާމަތް ވުމަށް ރައްޔިތުން ސަމާލުވާންޖެހޭ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
މިއަދު އއ. މާންދުއަށް ވަޑައިގަތުމުން މާންދޫގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާފިއެވެ.
ގާސިމް ވިދާޅުވީ
މާންދޫގެ ރައްޔިތުންނާ ބައްދަލުކުރުމަށް ބޭއްވި ބައްދަލުވުމުގައި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ދިވެހިރާއްޖޭގެ ވެރިކަންތައް ހަރާބުވެގެންދިޔަ ހަރާބު ނުވާނެ ވެރިޔަކު ވެރިކަމަށް ގެންނަންޖެހޭ ކަމަށާއި އެފަދަ ވެރިއަކަށް ހުރީ ގާސިމް އިބްރާހިމް ކަމަށެވެ. އަލީ ވަހީދު ވިދާޅުވީ ގާސިމްއަކީ ޓޯޓަލް ސޮލިއުޝަން، ހުރިހާ ކަމެއްގެ ހައްލު ކަމަށެވެ.