ޕާކިސްތާންގެ ލާހޯރު ކޯޓެއް ބޭރުން ގިނަ އަދަދެއްގެ ހަތިޔާރާއެކު ހަތް މީހަކު މިއަދު ހައްޔަރުކޮށްފިއެވެ. މިމީހުންގެ އަތުން ފަސް ބަޑިއާއި އެއްހާސް ވަޒަނާއި 15 މެގަޒިން ފުލުހުންނަށް ފެނިފައިވާ ކަމުގައި ބުނެފައި ވެއެވެ.
ފުލުހުން ވަނީ މި ހަތް ފިރިހެނުން ހައްޔަރުކޮށްފައެވެ. ފުލުހުން ބުނިގޮތުގައި އެމީހުން ބަލަމުން ދަނީ މި މީހުން ކޯޓުގެ ބޭރުގައި ހަތިޔާރާއެކު ތިބި ސަބަބާ ބެހޭ ގޮތުންނެވެ.
ބަޑި ހިފައިގެން އުޅުމަކީ ލާހޯރުގައި އާންމު ކަމެކެވެ. މިދިޔަ އަހަރުވެސް ލާހޯރުގައި ކޯޓު ބޭރުގައި ބަޑިން އެތައް ހާދިސާއެއްގައި ހަމަލަ ދީފައި ވެއެވެ.
މިދިޔަ އަހަރު ނޮވެމްބަރު މަހު ލާހޯރުގެ ބަކްޝީޚާނާ ކޯޓުގެ ކުށްވެރިން ބައިތިއްބާ ތަނުގައި ދެ ބޭން ބަންދުކޮށްފައި ތިއްބައި ބަޑި ހިފައިގެން ވަން ބަޔަކު ވަނީ އެދެމީހުންގެ ގަޔަށް ބަޑި ޖަހައި އެމީހުން މަރާލާފައެވެ. މިކަން ކުރި މީހުން ފުލުހުގައި ބުނެފައި ވަނީ އެމީހުން މި އަމަލު ހިންގީ މި ދެބޭން ވެގެން އެމީހުންގެ މަންމަ މާރުލުމުން އެކަމަށް ބަދަލު ހިފުމުގެ ގޮތުން ކަމަށެވެ.
އޮގަސްޓް މަހު އެހެން ހާދިސާއެއްގައި މީހަކު މެރުމުގެ މައްސަލާގައި ދައުވާ ލިބޭ މީހާ ކޯޓުން ނިކުތްތަނާ މުއްދައީގެ ފަރާތުން އައި ބަޔަކު އޭނާ މަރާލިއެވެ. މި ހާދިސާގައި އެއްވެސް މީހަކު ހައްޔަރެއް ނުކުރެވުނެވެ.