ކ. ދިއްފުށީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި އިއްޔެގައި ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފިކަމަށް އެމަސައްކަތްކުރާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

މި މަޝްރޫއަކީ 157.33 މިލިއަން ރުފިޔާއަށް ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްގެން 450 ދުވަސްތެރޭގައި ނިންމަން ހަވާލުކޮށްފައިވާ މަސައްކަތެކެވެ.

މި މަޝްރޫއުގެ ދަށުން، 22.97 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި، 710 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 300 މީޓަރުގެ ރިވެޓްމެންޓް މަރާމާތު ކުރުމާއި، 670 މީޓަރުގެ ސަަރަހައްދެއްގައި ގްރޮއިން ޖެހުމާއި، މިހާރު ހުރި ރަށުގައި 270 މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެއެވެ.