އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ތ.ގާދިއްފުށީ ފެނަކަ އައު އޮފީސް އިމާރާތް މިއަދު ހުޅުއްވައިދެއްވައިފިއެވެ.

ރައީސް ސާލިހު އެރަށު ފެނަކަ އައު އޮފީސް އިމާރާތް ހުޅުއްވައިދެއްވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ތ.އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައެވެ.

ގާދިއްފުށީ ކުރީގެ އިންޖީނުގެއަކީ މީގެ 7 ވަރަކަށް އަހަރު ކުރިން އިމާރާތް ކޮށްފައިވާ އިމާރާތެކެވެ. އިންޖީނުގެއާކު އޮފީސްވެސް ހިންގަމުން ދިޔައީ އެއް އިމާރާތެއްގައެވެ. އަދި އެތަނަކީ ކުރިން ހަމައެކަނި ސްޓޯރާއި ފާހާނާ އަދި ވެއިޓިން އޭރިއާއެއް ހިމެނޭ އިމާރާތެކެވެ.

އަލަށް ހުޅުވި އޮފީސް އިމާރާތަކީ ރިސެޕްޝަން، ލޮބީ، މެނޭޖަރ ރޫމް، މީޓިން ރޫމް، ގެސްޓްރޫމް، ޕޭންޓްރީ، ސްޓޯރް އަދި ފާހާނާ ހިމެނޭހެން ހަދާފައިވާ ތަނެކެވެ. މީގެ ސަބަބުން ރައްޔިތުންނަށް ގިނަ ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.