ވެރިކަން ކުރާ ކޮންމެ ރައީސަކު ޖަލަށް ދިއުމަކީ ހިޔާނާތްތެރިވެގެން ސަގާފަތަކަށް ވެގެންނުވާނެކަމަށް ޖުމުހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް ވިދާޅުވެއްޖެއެވެ.

ގާސިމް މިހެން ވިދާޅުވީ އއ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ބޮޑުފުޅަދޫއަށް ވަޑައިގެން އެރަށުގައި ބޭއްވި ބައްދަލުވުމުގައެވެ.

ބޮޑުފުޅަދޫގެ ރައްޔިތުންނާއި މުހާތަބްކުރައްވާ ގާސިމް ވިދާޅުވީ ވެރިކަން ކުރާ ކޮންމެ ރައީސަކު ހިޔާނާތްތެރިވެގެން ޖަލަށް ދިއުމަކީ ސަގާފަތަކަށް ވެގެންނުވާނެ ކަމަށާއި ރައްޔިތުން ވެރިޔަކު ހިޔާރުކުރާއިރު އިހުލާސްތެރި މީހަކަށް ފުރުސަތު ދޭންޖެހޭ ކަމަށެވެ. އަދި ރައްޔިތުންގެ ހައްޤުގައި އެގޮތުގައި ދެމިހުރި މީހަކަށްވެސް ފުރުސަތު ދޭންޖެހޭކަމަށެވެ.

މީގެ އިތުރުން ގާސިމް ވިދާޅުވީ ރައްޔިތުން ފުރުސަތު ދެއްވަވާފިނަމަ އެމަނިކުފާނު ހުންނެވީ އަމާނާތްތެރިކަމާއެކު ގައުމަށް ކުރިމަތިވާ ބޮޑެތި މައްސަލަތައް ހައްލުކޮށްދިނުމަށް ކަމަށެވެ.