ޝަހީދު ހުސެއިން އާދަމްގެ ބައްޕަ، އާދަމް މުހައްމަދު ނިޔާވެއްޖެއެވެ.

ޝަހީދު ހުސެއިން އާދަމްގެ ބައްޕަ، އާދަމް މުހައްމަދު ނިޔާވެފައިވަނީ އާލާސްކަންފުޅާ އުޅުއްވުމަށް ފަހުގައެވެ. ޝަހީދު ހުސައިން އާދަމްގެ ބައްޕަ، އާދަމް މުހައްމަދު ނިޔާވެފައި ވަނީ ބަލިވެ އުޅުމަށް ފަހު ހާލު ދެރަވެގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް މިއަދުގެ ވަގުތެއްގައި ކަމަށްވެއެވެ.

ޝަހީދު ހުސައިން އާދަމްގެ ބައްޕަ ނިޔާވިއިރު، މަންމަ އާއިޝަތު ހަސަން އަދިވެސް ދުނިޔޭގައި އެބަ އިންނެވިއެވެ. އާދަމް މުހައްމަދު ނިޔާވި އިރު ދުނިޔޭގައި ހަ ކުދިން އެބަތިއްބެވެ. އެއީ ފަސް އަންހެންދަރިންނާއި ފިރިހެން ދަރިއެކެވެ.

ކޮންމެ އަހަރަކު ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހަކީ ޝަހީދު ހުސައިން އާދަމްގެ ހަނދާން އައު ކުރުމާއެކު، މަންމައާއި ބައްޕަގެ ވާހަކަވެސް ދެކެވޭ ދުވަހެކެވެ. އަދިހަމައެހެންމެ، ފުރުސަތު ލިބިގެންދިޔަވަރަކަށް، އާދަމް މުހައްމަދާއި އަައިޝަތު ހަސަންގެ ތަފާތު އިންޓަވިއުތަކާއި ފޮޓޯތައް އެކި މީޑިޔާތަކުން ވަނީ ގެނެސްދީފައެވެ.

ނިޔާވިއިރު އާދަމް މުހައްމަދު ހުންނެވީ ނުވަދިހައިގެ ފަހުގެ އަހަރުތަކުގައެވެ. ކޮންމެ ބަސްދީގަތުމެއްގައިވެސް މިލޮބުވެތި ބައްޕަގެ ހިތުގެ އަޑު ދުލުން ބުނާ ބަސްތަކުން ހާމަވެއެވެ. "އަޅުގަނޑުމެންގެ ދަރިފުޅަކީ ބަތަލެއް، ދީނާއި ގައުމަށްޓަކައި ޖާނުން ގުރުބާންވި ހިތްވަރުގަދަ އަޒުމްގަދަ ޝަހީދެއް!"

ކޯޕްރަލް ޝަހީދު ހުސައިން އާދަމް، އަކީ، 1988 ވަނަ އަހަރު ތަމަޅަ ކުލީ ސިފައިން މާލެއަށް އަރައި ބަނޑޭރިގެ ހިފަން ދިން އުދުވާނީ ހަމަލާއިން ރާއްޖޭގެ ނޭޝަނަލް ޑިފެންސް ފޯސްގެ މައި މަރުކަޒު (ބަންޑާރަކޮށި) ދިފާއު ކުރުމަށް ދުޝްމަނުންނަށް ހަމަލާ ދެމުން ދަނިކޮށް، ވަޒަން ހުސްވެ ދުޝްމަނުންގެ ވަޒަން އަރައިގެން ޝަހީދުވި، ހަމަ އެންމެ 20އަހަރުގެ ޒުވާން ބަތަލެކެވެ.

އެހިތްދަތި، އަދި ބިރުވެރި ހާދިސާ ހިނގި ފަތިހު، ޝަހީދު ހުސައިން އާދަމް، ދީނާއި ގައުމަށްޓަކައި، ސިފައިންގެ މައިމަރުކަޒު ދިފާއުކުރެއްވުމަށް ކުރެއްވި އެހިތްވަރުގެ ސަބަބުން ދުޝްމިނުންނަށް، ވަނީ ބަނޑޭރިކޮށީގެ ގޭޓު ފަޅާލަން ކުރި މަސައްކަތް ނާކާމިޔާބުވެފައެވެ. އަދި ހަމައެހެންމެ އެވަގުތު ގޭޓުގައި ހުންނަވައިގެން ހުސައިން އާދަމް ދުޝްމަނުންނާ ކުރިމަތިލެއްވި އެވަގުތު މައި މަރުކަޒުގެ ތެރޭގައި ތިބި ސިފައިންނަށް ކައުންޓަރ އެޓޭކަކަށް ތައްޔާރުވުމަށް އެކަށީގެންވާ ވަގުތުވެސް ލިބުނެވެ.

1968-1988 ކޯޕްރަލް ޝަހީދު ހުސައިން އާދަމް
1968-1988 ކޯޕްރަލް, ޝަހީދު ހުސައިން އާދަމް

އަދި ހަމައެހެންމެ، އެވަގުތު ބަނޑޭރިގޭގެ ބޮޑު ދޮރާށި ގޭޓުގައި ހުންނަ ދެ ގާޑު ރޫމުން ކުރެ އެއްވެސް ގާޑު ރޫމަކީ އެތެރެއަށް ވަދެވޭ ގޮތަށް ހުންނަ ގާޑު ރޫމަކަށް ނުވުމާއެކު ދުޝްމަނުންގެ ހަމަލާތައް ދިފާއު ކުރަމުން ގޮސް ވަޒަން ހުސްވީއެވެ. ނަމަވެސް ޖާނު ސަލާމަތް ކުރެވެން ހުރި ތަނަކަށް ނުވެ، އަދި ބަނޑޭރިގޭ ތެރެއިން ވަޒަން ފޯރުކޮށް ނުދެވި ހުސައިން އާދަމް ޝަހީދު ވީއެވެ.

މިހާރު ކުރިޔަށްދާ ރިޔާސީ ކެމްޕޭނުގައި އިދިކޮޅު ކެންޑިޑޭޓު ދާދިފަހުން ކުޅުދުއްފުއްޓަށް ކުރެއްވި ޒިޔާރަތުގައި ވަނީ ހުސެއިން އާދަމްގެ ބައްޕާއާއި ބައްދަލު ކުރައްވާފައެވެ.