ގދ ތިނަދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި މުއިއްޒު ވަނީ ވައުދުތަކެއް ވެވަޑައިގެން ތިނަދޫގެ ރައްޔިތުންނަށް އުންމީދާއި އުފާވެރިކަން ގެނެސްދެއްވައި އެއުންމީދުތައް ފުރިހަމަވާނެކަމުގެ ޔަގީންކަންވެސް ދެއްވާފައެވެ.
"އަޅުގަނޑުމެން ތިޔަ ބޭފުޅުންނަށް ދޭ ޔަޤީން ކަމަކީ، 9 ސެޕްޓެމްބަރުގައި އޮންނަ އިންތިހާބުގައި އިތުބާރުކުރައްވައިފިނަމަ، އަޅުގަނޑުމެންގެ ސަރުކާރެއްގައި ގާނޫނު ތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ތިނަދޫ އަކީ ސިޓީއަކަށް އިރާދަކުރެއްވިއްޔާ ކަނޑައަޅައިދޭނަން"
"މި ރަށުގެ ތަރައްގީއަށް ބަލާއިރު، ކާޑެއްދޫގެ އެއަރޕޯޓް ތަރައްގީވާން އެބަ ޖެހޭ. އެއަރޕޯޓް އެގްރީމަންޓް ކުރެވިފައިވާ ފަރާތާއި އެކީގަވިޔަސް ކުރިއަށް ގޮސް އިރާދަކުރެއްވިއްޔާ އެ އެއަރޕޯޓް ތިޔަ ބޭފުޅުން އެދޭފަދަ، ތިޔަ ބޭފުޅުން ތިޔަ ދެކިލައްވާފަދަ ތަނަކަށް އެތަން ބަދަލުކޮށްދޭނަން،"
"ހުވަދު އަތޮޅަށް (ހުވަދު އަތޮޅު ދެބުރި އެއްކޮށް) އަންނަންޖެހޭ ޓޫރިޒަމްގެ ކުރިއެރުން މިހާރަށް ވުރެ މާ ބޮޑަށްވެސް އަންނަންޖެހޭ. އަޅުގަނޑުމެންގެ މެނިފެސްޓޯގައި ތަޞައްވުރު ކުރެވިފައިވާނީ މިހާރު ހުރި މިންވަރުން އިތުރުކުރެވިގެން ގޮސް 10،000 އެނދު މިއަތޮޅަށް އަންނަންޖެހޭ ކަމަށް. އެހެންވީމާ، އެ މިންވަރަށް އިތުރު ކުރުމަށްޓަކައި އިންވެސްޓްމަންޓުތަކަށް ފުރުސަތު ދީ، ހުވަދު އަތޮޅަކީ ޓޫރިޒަމްގެ މައި ހަބަކަށް ހެދުމަކީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރާނެ ކަމެއް،"
"މި ރަށުގައި ޒުވާނުންނަށް ވަރަށް މުހިންމު، ވަސީލަތްތައް އިތުރު ކުރުން. ފުޓުބޯޅަ ދަނޑުތައް އިތުރު ކުރަން ޖެހޭ. އަދި އެކި ކުޅިވަރުތައް ކުޅެވޭނެ ސަރަޙައްދުތައް އިތުރުކުރެވި، ޒުވާނުންނާއި އެކި ޢުމުރުފުރައިގެ ފަރާތްތަކުގެ ދުޅަހެޔޮކަމަށްޓަކައި ކުޅިވަރު ކުޅުމުގެ ވަސީލަތްތައް އިތުރުކޮށްދީ ފުޅާކޮށް ތަރައްގީކޮށްދޭނަން،"
"ސިއްހީ ނިޒާމު ވަރުގަދަކުރުމަކީ ތިނަދޫއަށް ކޮންމެހެންވެސް ބޭނުން ވެފައިވާ ކަމެއް. މިހާރު ހުރި ހޮސްޕިޓަލް އަޕްގްރޭޑް ކުރެވި އެއީ ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލަކަށް އިރާދަކުރެއްވިއްޔާ ބަދަލުކޮށްދޭނަން،"
"ސިޓީއެއްގަ ހުންނަންޖެހޭ ފެންރަށް އިރާދަކުރެއްވިއްޔާ ތިނަދޫގެ ތައުލީމީ ނިޒާމު ވަރުގަދަކޮށް އިންސްޓިޓއުޝަންސްތައް އިތުރުކުރެވި، ފުޅާކޮށް އަޕްގްރޭޑްކޮށްދޭނަން"
"ސަރުކާރުގެ ހިންގުން ހަރުދަނާކޮށް، މިހާރު ހިންގާ ނިޒާމު ޒަމާނީކޮށް، ކަރުދާހާއި ނުލާ މަސައްކަތް ކުރެވޭ ފެންވަރުގައި، އަދި ކޮންމެ ތާކު ތިބެ ނަމަވެސް، ކޮންމެ ހާލަތެއްގައިވެސް ހިދުމަތް ދެވޭ ފެންވަރަށް ތަރައްޤީކޮށް، ޕޭޕަރލެސް ގަވަރންމަންޓްގެ ނިޒާމުގެ ކޮންސެޕްޓް ހަގީގަތަކަށް ހެދުމަކީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރާނެ ކަމެއް"
"ރާއްޖޭގައި ޑޮލަރު ހިފަހައްޓާ، ޑޮލަރުގެ އަގު ތިރި ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން އެބަހުރި. ބޭރުގެ އިންވެސްޓަރުންގެ ޑޮލަރު ރާއްޖޭގައި ވަކިވަރަކަށް ދައުރު ކުރެވި ހިފެހެއްޓުމަށްފަހު ބޭރަށް ގެންދެވޭނެ އުސޫލެއް ގާއިމުކުރެވެން ޖެހޭ. އެހެންވީމާ، ގާނޫނުތަކާއި ގަވާއިދުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސްގެން އިންވެސްޓަރުންގެ ޑޮލަރު ރާއްޖޭގައި ވަކި މުއްދަތަކަށް ދައުރުވެފަ ބޭރުވާނެ ގޮތަށް އިރާދަކުރެއްވިއްޔާ ބަދަލުކުރާނަން"
"ރާއްޖެއިން ބޭރުގައި ކްރެޑިޓް އަދި ކޭޝް ކާޑުތަކުން ބޭނުންކުރުމަށް ލިމިޓްކޮށްފައިވާ ލިމިޓް ކުރުން ނައްތާލުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައްކޮށް، ސްޓެޕް ބައި ސްޓެޕް ގެންގޮސް އެ ލިމިޓް އިރާދަކުރެއްވިއްޔާ ނައްތާލާނަން،"
"55 އަހަރާއި 65 އަހަރާއި ދެމެދުގެ ޢުމުރުފުރައިގައި ތިބި މީހުންގެ ތެރެއިން 55 އަހަރުގައި ރިޓަޔަރ ކުރަން ބޭނުންވާ ފަރާތްތަކަށް 65 އަހަރާއި ހަމައަށް ދަންދެކަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ނިޒާމުގެ ތެރެއިން އެލަވަންސެއް ކަނޑައަޅައި ތައާރަފްކޮށް އެލަވަންސެއް ދޭނަން"
"ޖުޑީޝަރީއަށް އަތްބާނާ ނުފޫޒު ފޯރުވުން ނިންމުމަކަށް ގެންނާނަން. ޖުޑީޝަރީ މިނިވަންކޮށްދޭނީ ހަގީގީ މާނައިގައި. ޖޭއެސްސީގެ ކޮމްޕޮޒިޝަން ސިޔާސީ މީހުން މަދުކޮށް ޝަރުއީ ދާއިރާގެ މީހުން ގިނަކޮށް ހަގީގީ ގޮތުގައި ޒިންމާދާރު ޖޭއެސްސީ އަކަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހަދައިދޭނަން. އަދި ޖޭއެސްސީ އިން ކުރަން ނުޖެހޭ މަސައްކަތްތައް އިދާރީ މަސައްކަތްފަދަ ކަންކަން އޭގެން ނަގައި އެކަން ކުރަން ކަނޑައަޅާފައިވާ ޑިޕާޓްމަންޓަށް ބަދަލުކުރާނަން. އަދި ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ފަނޑިޔާރުންނަކީ ސޯޝަލް ހައުސިން ޔަޤީންވާ ބަޔަކަށް ހަދައިދޭނަން"
"އެއަރޕޯޓް ތަރައްގީ ކުރުމާއި، ޓޫރިޒަމް ފުޅާވެގެން ދިޔުމާއި، މަސްވެރިކަމުގެ ސިނާޢަތު ފުޅާވެގެން ދިއުން. މަސްވެރިންނަށް ބޭނުންވާ ޑީކޮމްޕްރެޝަން ޗެމްބަރ އެއް އިރާދަކުރެއްވިއްޔާ މި ތަނުގައި އަޅުގަނޑުމެން ގާއިމުކޮށްދޭނަން،"
"މިހާރު ބިން ހިއްކުމުގެ މަސައްކަތްތަކެއް އެބަކުރޭ، ކޯލްޑް ސްޓޯރޭޖެއް ގާއިމުކުރުމަށްޓަކައި،. ވަރަށްވެސް ލަސް ކޮންމެއަކަސް މަސައްކަތް ހިނގާލެއް، ހުރިހާކަމެއްގަވެސް. އިރާދަކުރެވިއްޔާ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް ފުޅާކޮށް ބާރަށް ކުރިއަށް ގެންގޮސް އެކަން ހަގީގަތަކަށް ހަދައިދޭނަން،"