ލާމު އިސްދޫއަށް ރައީސް އިބްރާހީމްމުހައްމަދު ސާލިހާއެކު ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލު ކުރައްވަން، ބޭއްވި ޖަގަހަ ބައްދަލުވުމެއްގައި ރީކޯ މޫސާމަނިކު ވިދާޅުވީ ސަރުކާރުން މިއޮއް ހުރިހާ ދުވަހު ބޭނުން ހުރިހާ ކަމެއް ކޮށްދެއްވީމައި، ވެރިކަމާ ޖެހުނީމަ ރައީސާ ދެކޮޅަށް ތެދުވެވަޑައިގަންނަވާފައިވާކަމަށެވެ. އޭގެ ތެރޭގައި މިވެނި ނަމެއް ކިޔުއްވާނެކަމެއް ނެތްކަމަށާއި ކޮންމެ ފަރާތަކީވެސް ރައީސް ސާލިހުގެ އެހީ ލިބިވަޑައިގެން ތިއްބެވި ފަރާތެއްކަމަށް މޫސަ ވަނީ ވިދާޅުވެފައެވެ.

އިހުލާސްތެެރިކަމާއެކު މީހުންގެ ހާލަތަށް ރައީސް ވަރަށް ކުރިއްސުރެ ދަންނަ ކަމަށާއި މެނިފެސްޓޯއާއި އެހެންކަންތައްވެސް ވުޖޫދަށް ގެނައުމަށް މަސައްކަތް ކުރެއްވި ފަރާތެއްކަމަށާއި ކަންތައްތައް އެހިސާބުން މިހިސާބަށް އައިސްފައި އޮތް ގޮތް ވަރަށް ރަނގަޅަށް އެނގި ފެނިވަޑައިގެންފައިވާކަމަށެވެ.

އިންސާނެއް ވިއްޔާ ކޮންމެވެސް ވަރެއްގެ ހައިސިއްޔަތެއް ގޮތެއް ހުންނާނެކަމަށާއި އެހެންނަމަވެސް މިހާރު ނުކުމެ އެތިއްބެވި ރިޔާސީ ކެންޑިޑޭޓުންގެ ތެރޭގައި ތިއްބެވި ބައެއް ބޭފުޅުން ގައިގައި އެއިން އެއްވެސްސިފައެއް ނެތްކަމަށެވެ. ޖަލުގައި އޮންނެވީމަ، ގާސިމް ހުންނެވީ ބޭރުގައި ފިއްލަވައިގެންކަމަށާއި ނާޒިމް އަދި އަބްދުﷲ ރިޔާޒު ވެސް ހިމާޔަތްކޮށް ސަލާމަތްކޮށްދެއްވުމަށް ތެދުވެވަޑައިގެންނެވީ ރައީސް ސާލިހު ކަމަށާއި އެއްކައިރީގައި ހުރެގެންވެސް ހުރިހާ ކަމެއް އެނގިފެނިވަޑައިގެންނަވާފައިވާ ކަމަށެވެ. އޭރުވެސް ވެރިކަމެއް ބޭނުންފުޅު ނޫންކަމުގައެވެ.

މޫސަ އިތުރަށް ވިދާޅުވީ މިއޮއް ހުރިހާ ދުވަހު އެބޭފުޅުން އުޅުއްވީ ބޭނުންހާ ކަމެއް ސަރުކާރުން ބައި ލިބިގެން ސަރުކާރު ތެރެއިން ކުރައްވައިގެންކަމަށެވެ. އަބްދުﷲ ރިޔާޒުވެސް ހުންނެވީ އެގޮތަށް ކަމަށާއި ނާޒިމްވެސް ހުންނެވީ އެބޭފުޅުން ބޭނުންވި އެއްޗެއް، ބޭނުންވިކަމެއް ސަރުކާރުތެރެއިން ކޮށްދެއްވާފައި އޮތް ކަމަށެވެ.

"އެކަމަކު މިހާރު އަޅުގަނޑުމެން މިތިބީ ބަލަން އެކަމަކު. ވެރިކަމާޖެހުނީމަ މިހާރު ނުކުމެވަޑައިގެން ދައުލަތް ގެއްލެނީ ފޯޅަވަހި ގެއްލެވީ އަނެއްތަނެއް ގެއްލެނީ އިންޑިޔާކަނޑުގައި ހުރިއްޔާ ހުރި ގައުމެއް ގެއްލި އަޅުގަނޑުމެންހާ ނުބައި ބައެއް ނެތް، އެހެންނަމަވެސް މިހާރުވެސް ޔަގީން ރައީސަށް ގުޅާނެ، އެއީ ހޮވޭނެ ކަން އެނގޭތީ، އެނޫން ދެން ކޮންކަމެއް،"
މޫސަ

އެހެންނަމަވެސް މިހާރުވެސް ސިއްރުން ރައީސް ސާލިހަށް ގުޅުއްވާފައި "ތިމަންނައަށްވެސް ކޮންމެވެސް ކަމެއް ބާއްވާތި އިނގޭއޭ، އެއީ ތިމަންނަމެނަށް ތިމަންނަމެން ނުހޮވޭނެކަން އެނގޭތީއޭ ވިދާޅުވާނެކަމަށެވެ. އެއީ ރައީސްސާލިހު ހޮވޭނެކަން ޔަގީންވާތީ ކަމަށާއި އެނޫނީ އެހެންކޮންކަމެއްތޯވެސް ސުވާލު އުފައްދަވާފައެވެ.

މޫސަ ވަރަށް ބާރުލައްވާފައި ރައީސް ސާލިހަށް ޔަގީންކަން ދެއްވީ މިފަހަރު މި އިންތިހާބު ރަންގޮނޑިއަކުން ރައްޔިތުން ރައީސަށް ކާމިޔާބުކޮށްދެއްވާނެކަމަށެވެ. ބޮޑުތަފާތަކުން މި އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމާމެދު އިތުރު އެއްވެސް ސުވާލެއްވެސް ނުއުފެދޭކަމަށް މޫސަ ވިދާޅުވިއެވެ. ރާއްޖޭގެ އެތައް ރަށަކަށް އަރާވަޑައިގެންނެވިއްޖެ ކަމަށާއި ހުރިހާ ރަށަކުންވެސް އޮތީ ޔަގީންކަން ލިބިވަޑައިގެންފައިކަމަށެވެ.