(ގއ. ގެމަނަފުށި) ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ވެރިކަމަށް ވަޑައިގެންފި ނަމަ، މި ރަށުގެ ބިން ހިއްކައި ރަށް ކައިރީގައި އޮންނަ ފަޅު ރަށް ގދ. މާރެހާ ރިސޯޓަކަށް ބަދަލު ކުރުމަށް އިދިކޮޅު ކޯލިޝަން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިއަދު ވައުދުވެވަޑައިގެންފިއެވެ.

ގއ. ގެމަނފުށީ ރައްޔިތުން އެދޭ ގޮތަށް އެރަށުގެ ތަރައްގީގައި ހުރި މުހިންމު މަޝްރޫއުތަކުގެ މަސައްކަތް ކޮށްދެއްވަނެ ކަމުގެ އުފާވެރި ހަބަރު ދެއްވަމުން މުއިއްޒު ވިދާޅުވީ ރައްޔިތުން ފުރުސަތު ދެއްވައިފިނަމަ ބޭނުންވާ ބަދަލާއި ކުރިއެރުން ގެނެސްދެއްވާނެކަމަށެވެ.

ރިޔާސީ ކެމްޕޭންގައި ގއ ގެމަނަފުއްޓަށް މުއިއްޒު ވަޑައިގެންނެވުމުން އެރަށުން ވަނީ މުއިއްޒުއަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. ގެމަނަފުށީ ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ މިިސަރުކާރުން ގެމަނަފުއްޓަށް ވަރަށް ބޮޑަށް އިހުމާލު ވެފައިވާކަމަށެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ގެނައި ތަރައްގީ ހަމަ އެގޮތުގައި އަދިވެސް ފެނަން އޮތުމަކީ، ގެމަނަފުށީގެ ރައްޔިތުންނަށް މި ސަރުކާރުންވެފައިވާ އިހުމާލު އެންމެ ރަނގަޅަށް ފެންނަ ސަބަބެއްކަމަށެވެ.

މުއިއްޒު ގއ ގެމަނަފުށީގައި

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ގއ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުގައި މި ރަށަށް ވަޑައިގެން ބޭއްވެވި ޖަލްސާގައި މުއިއްޒު ވިދާޅުވީ ހައުސިން މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު ފެނިވަޑައިގަތީ "ފުނޑި" އަދި "ހަލާކުވެފައިވާ" ބަނދަރެއް ކަމަށެވެ. މުއިއްޒު ފުރަތަމަ މި ރަށް ސިފަ ކުރެއްވީ "މަސް ފެކްޓަރީ" އެއް ގޮތަށެވެ. އެއީ މި ރަށުގައި މަސްވެރިކަން ފުޅާވެފައި އޮތް މިންވަރު ހާމަކުރެއްވުމުގެ ގޮތުންނެވެ.މުއިއްޒު ވިދާޅުވި ގޮތުގައި އޭރު ކުރެއްވި މަސައްކަތުން ރަށުގެ ބަނދަރު ވަނީ ހަދައިފައެވެ. ނަމަވެސް އަދިވެސް އެ ބަނދަރު ބޮޑު ކުރަން ޖެހޭތީ އެކަން ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ގއ ގެމަނަފުށީގައި

މުއިއްޒު ވިދާޅުވީ ވައުދު ވެވަޑައިގަންނަވާނީ ޕްލޭނެއް އޮވެގެން ސިޔާސަތެއްގެ ދަށުން އެވައުދު ފުއްދައިދެއްވާނެތީ ކަމަށެވެ.

"ރައްޔިތުންނަށް ވައުދެއް ވާނަމަ، އެ ތަންފީޒު ކުރައްވާނަން ސިޔާސަތަކާއި ޕްލޭނެއް ނެތި ވައުދެއް ނުވާނަން. ރައްޔިތުން ފުރުސަތު ދެއްވައިފި ނަމަ ބޭނުންވާ ބަދަލާއި ކުރިއެރުން ގެނެސްދޭނަން،"
މުއިއްޒު

މުއިއްޒު ވަނީ ކުރިއަށް އޮތް ފަސް އަހަރު ވެރިކަމަށް ވަޑައިގެންފި ނަމަ ބޮޑެތި މަގުތައް ހަދައި ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ބިން ހިއްކުމުގެ މަޝްރޫއެއް ހިންގަވާނެ ކަމަށް ވެސް ވިދާޅުވިއެވެ. މުއިއްޒު ވިދާޅުވި ގޮތުގައި އޭރުން ނެޝަނަލް ހައުސިން ޕޮލިސީގެ ތެރެއިން ރަށަށް ފައިދާ ކުރާނެއެވެ.

މުއިއްޒު ގއ ގެމަނަފުށީގައި

މުއިއްޒު ވިދާޅުވީ އާބާދީގައި ހާހަކަށް ވުރެ ގިނަ މީހުން ދިރިއުޅޭ ގެމަނަފުށީ ކައިރީގައި އޮންނަ މާރެހާ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އެހެންވެ އެކަމަށް އެއްބާރުލުން ދީ، އިންވެސްޓަރުން ހޯދަން މަސައްކަތް ކުރައްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

ގެމަފުއްޓަށް މުއިއްޒު ވެވަޑައިގެންނެވި ވައުދުތައް:

  • ބަނދަރު އިތުރަށް ބޮޑުކޮށް ތަރައްގީ ކޮށްދޭނަން
  • ގެމަނަފުށީ ފަޅުތެރެ ހިއްކުން
  • މަސްވެރިންގެ ހުރި ކަންބޮޑުވުންތައް ހައްލު ކުރުން
  • ޓުވަރިޒަމްގެ އިތުރު ފުރުސަތު ފަހިކޮށް ދިނުން
  • ރަށުގެ ބަނދަރު ބޮޑު ކުރުން
  • ރަށާ ކައިރީގައި އޮންނަ މާރެހާ ރިސޯޓަކަށް ބަދަލު ކުރުން
  • ރަށުގެ ބޮޑެތި މަގުތައް ތަރައްގީ ކުރުން
  • ރަށުގެ ބިން ހިއްކޮށް ގެދޮރުވެރިކަން ކަށަވަރުކޮށްދިނުން
  • ރަށުގައި ބޭންކްގެ ބްރާންޗެއް ގާއިމުކުރުން
  • އެކްސްރޭ ފަދަ ހިދުމަތްތައް ގާއިމުކޮށް ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުން
  • ސްކޫލްގެ ޖާގަ އިތުރު ކުރުމުގެ މަސައްކަތް

މި ދަތުރުގައި ގއ. ގެ ރަށްތަކުގެ ތެރެއިން ވަގުތު ހުރި ގޮތުން މުއިއްޒަށް ވަޑައި ނުގެންނެވޭ ރަށްތަކުގެ ތެރޭގައި ގއ. ކޮނޑޭ ހިމެނެއެވެ. މުއިއްޒު ވިދާޅުވީ ދަނޑުވެރިކަމާއި އެހެނިހެން ދާއިރާތަކުން ކުރިއަށް ގެންދިއުމުގައި ކޮނޑޭ ރައްޔިތުންނަށް އިޖާބަދޭ ސަރުކާރެއް ގާއިމު ކުރައްވާނެ ކަމަށެވެ. އަދި އެ ރަށު ރައްޔިތުން ބޭނުން ނަމަ، ބަނދަރު ވެސް ބޮޑުކޮށް ދެއްވާނެ ކަމަށް ވިދާޅުވިއެވެ.