ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު މާދަމާ ރ. ބ. އަދި ޅ. އަތޮޅަށް ކުރައްވާ ކެމްޕޭން ދަތުރުފުޅުފައި ފުރާ ވަޑައިގެންނެވުމަށް ހަމަޖެހިއްޖެއެވެ.

ޑރ. މުއިއްޒުގެ ތަރުޖަމާން މުހައްމަދު ތޮލާލް ވިދާޅުވީ މާދަމާ ޑރ. މުއިއްޒުގެ ކެމްޕޭން ދަތުރުފުޅު ފައްޓަވާނީ ރ. އަތޮޅުންކަމަށެވެ. ކެމްޕޭންގައި މުއިއްޒު ގެންދަވަނީ އެއްވެސް ވަގުތުކޮޅެއް ބޭކާރުކޮށް ނުލައި ވީހާވެސް ގިނަ ރަށްރަށަށް ވަޑައިގެން ރައްޔިތުންނާިއ ބައްދަލު ކުރުމަށް މަސައްކަތް ކުރަމުންނެވެ.

ރޭ ހުވަދު އަތޮޅަށް ކުރެއްވި ދަތުރު ނިންމާލުމަށްފަހު މުއިއްޒުއާއި ޓީމު މާލެ ވަޑައިގަންނަވާއިރު މާދަމާ ހެނދުނާ ކެމްޕޭނަށް ފުރުމަށް ވަނީ ހަމަޖެހިފައެވެ.

މިދަތުރުފުޅުގައި މުއިއްޒު ފުރަތަމަ ވަޑައިގަންނަވާނީ ރ. އަލިފުއްޓަށެވެ. އޭގެ ފަހުން ރ. އަތޮޅުގެ ގިނަ ރަށްތަކަށް ވަޑައިގެންނެވުމަށްފަހު އަނެއް ދުވަހު ވަޑައިި ގަންނަވާނީ ބ. އަތޮޅަށެވެ. އަދި އަންނަ މަހުގެ ފުރަތަމަ ދުވަހު ވަޑައި ގަންނަވާނީ ޅ.އަތޮޅުގެ ރަށްތަކަށެވެ. ޅ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރަށްފަހު މުއިއްޒު މާލެ ވަޑަައި ގަންނަވާނީ އެރޭ އޮންނަ ރިޔާސީ ބަހުސްގައި ބައިވެރިވެ ވަޑައިގެންނެވުމަށެވެ.

މިހާތަަނަށް ވަޑައިގެންނެވި އަތޮޅުތަކުގެ ރަށްތަކުން، މުއިއްޒު ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

މިއިންތިހާބު ކާމިޔާބު ކުރުމަށް މުއިއްޒުއަށް ރަށްތަކުން ލިބިފައިވާ ބޮޑު ސަޕޯޓާއިއެކު އެއް ބުރުން މި އިންތިހާބު ކާމިޔާބު ކުުރުމަކީ އިދިިކޮޅު ކޯލިޝަންގެ އަމާޒެވެ.