ހދ. ކުޅުދުއްފުށީގައި ހަދަމުން އަންނަ މަގުތަކުގެ ތެރެއިން، ބޯޅަ ދަނޑު މަގާއި ހޭނަކަތާ (ޖަލާލުއްދީން އުތުރު) މަގު އަދި ރަންދާން ހިނގުމުގައި މިހާރު ކުރިއަށްދަނީ ސްޓޯރމް ވޯޓަރ ކެޗްޕިޓް ބެހެއްޓުމާއި ހޮޅި އެޅުމުގެ މަސައްކަތްކަމަށް އެ މަސައްކަތް ކުރަމުންދާ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންއިން (އާރްޑީސީ) ބުނެފިއެއެވެ.
މީގެ އިތުރަށް އާރްޑީސީއިން ބުނީ އެރަށުގެ އުމަރުކަލާފާނުމަގާއި ސަރުދާރުމަގުގައި ފަޔަރ ހައިޑްރަންޓް އަދި ޑީވޯޓަރިންގ ހޮޅި އެޅުމުގެ މަސަތްކަތްވެސް ކުރިއަށްދާކަމަށެވެ.
އަދި ތާރު މެޝިން އިންސްޓޯލް ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުކަމަށްވެސް އެކުންފުނިން ބުނެފައިވެއެވެ.