ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ލ.މާބައިދޫ އައު އިންޖީނުގެއާއި ފެނަކަ އޮފީސް އިމާރާތް މިއަދު ހުޅުއްވައި ދެއްވައިފިއެވެ.

ރައީސް ސާލިހު އެރަށު ފެނަކަ އައު އޮފީސް އިމާރާތް ހުޅުއްވައިދެއްވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ލ.އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައެވެ.

މާބައިދޫ ކުރީގެ އިންޖީނުގެއަކީ 38 އަހަރުވެފައިވާ އިމާރާތެކެވެ. އިންޖީނުގެއާ އޮފީސް އިމާރަތް ވަކިން ހިންގަމުން ދިޔަނަމަވެސް މިއީ ހަމައެކަނި އެއްފަހަރާ ފަސް މުވައްޒަފުންނަށް މަސައްކަތްކުރެވޭ އިމާރާތެވެ. އަދި ކުރީގެ އިންޖީނުގެއަކީ ޓެގް ރޫމް، ކޮންޓްރޯލް ރޫމް އަދި ޑީސަލް ރޫމް އެކަނި ހިމެނޭތަނެކެވެ. ހަމައެއާއެކު ކުރީގެ އޮފީސް އިމާރާތުގައި ހިމެނެނީ ހަމައެކަނި ސްޓާފް ރޫމްއެކެވެ.

މާބައިދޫ ބައު އިންޖީނު/ ފޮޓޯ:ފެނަކަ މީޑިއާ

އަލަށް ހުޅުވި އޮފީސް އިމާރާތާއި އިންޖީނުގެއަކީ ސްޓޯރް، ވޯރކްޝޮޕް، އިންޖީން ރޫމް، ކޮންޓްރޯލް ރޫމް، ދެ ފާހާނާ، ޕޭންޓްރީ ފިއުލް ޓޭންކު، ޗިމްނީ، ރިސެޕްޝަން، ލޮބީ، މެނޭޖަރ ރޫމް، މީޓިން ރޫމް، ގެސްޓްރޫމް ހިމެނޭ އިމާރާތެކެވެ.