ބޭންކު ލޯނުތައް މާފުކޮށްދޭން ފަށައިފިނަމަ ނިޒާމު ހުއްޓި ބޭންކު ބަންދުުކުރަން ޖެހިދާނެ ކަމަށް މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާޙިމް ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލޯނުތައް ނަގައިގެން އިމާރާތްކުރާ ހައުސިން ސްކީމްތަކުން އަލާ ތަންތަން ހިލޭ ދޫކުރަން ފަށާއިފިނަމަ ކުރިޔަށް އިތުރު މަޝްރޫއުތައް ހިންގުމުގެ ފުރުސަތު ބަންދުވާނެ ކަމަށެވެ. އަދި އިގްތިސާދު ކުރިޔަށް އޮތް ފަސް އަަހަރުތެރޭ ދެގުނަ ކުރުމުގެ ތަސައްވުރަކާ ސްޓްރެޓެޖިކް ޕްލޭނެއް އޮތީ ހަމައެކަނި ރައީސް ސާލިހްގެ ކަމަށް ޝަރީފް ވިދާޅުވިއެވެ.
މީގެ އިތުރުން ބާކީ ތިބި ކެންޑިޑޭޓުން ވައުދުތައް ވަނީ އެއްވެސް ވިސްނުމެއް ނެތި ކަމަށާއި އެ ވައުދުތައް ފުއްދަން ކުރަން ޖެހޭ ކަމެއް އެބޭފުޅުންގެ ސިކުނޑީގައި ނެތް ކަމަށް ޝަރީފް ވިދާޅުވިއެވެ.
އަދި ހުރީހާ ކަމެއް ހިލޭ ކޮށްދޭން ގާސިމް ވައުދުވާއިރު އެ ހިދްމަތް ފޯރުކޮށްދޭ ފައިސާ ހޯދަނީ ގޮތެއް ވިދާޅެއްނުވާކަމަށެވެ. އަދި ހަމައެކަނި ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި އިންޑިއާއެކު ގާތްގުޅުން ކަނޑާލާނެ ވާހަކަޔާ އިންޑިއާއިން ލޯން ނެގުން ހުއްޓާލާނެ ވާހަކަކަމަށެވެ.
އަދި އެއްވެސް ވިސްނުމެއް ނެތި ގިނަ ކެނޑިޑޭޓުން ވައުދުވަމުންދާ ކަމަކީ ގަބޫލުކުރަން ޖެހޭ ހަގީގަތެއް ކަމަށާއި އެންމެ ކަންބޮޑުވާ ކަމަކީ އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓު, ޑރ. މުޙައްމަދު މުޢިއްޒު ގައުމު ބަންގުރޫޓުވާ ޒާތުގެ ވަހަކަތައް ތަކުރާރުކޮށް ދައްކަވާތީ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ބަލަގަ މޮޔަ ކޮޔާ ވިސްނާފިކުރުކޮށްބަލަ މިހާރު އޮތީ ކިހިނެއް ތިޔަބުނާ ކަންތައް، ގައުމެއްނެތް ގައުމު ވަނީ ބަނގުރޫޓްވެފައި