މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ކޮމްޕޯޒަރު އަރްމާން މަލިކް އޭނާގެ ލޯބިވެރިޔާ އަޝްނާ ޝްރޮފްއާ އެންގޭޖްވެއްޖެއެވެ.

މިކަން އެމީހުން އިއުލާންކޮށްފައިވަނީ އެކަން އިއުލާން ކުރުމަށް އިއްޔެ ބޭއްވި ކުޑަ ޕްރައިވެޓް ހަފްލާގައެވެ. މި ހަފްލާގައި އެދެމީހުން ތިބީ ވަރަށް އާދައިގެ ގޮތަކަށް ތައްޔާރުވެލައިގެންނެވެ. އަރްމާން ހުދުކުލައިގެ އެއްޗެއް ލައިގެން ހުރިއިރު އަޝްނާ ޝްރޮފް ފެންނަނީ ވަރަށް ފްލޯރަލް ޑްރެސްއެއްގައެވެ.

ލަވަކިޔުންތެރިޔާ އަރްމާންގެ ދިރިއުޅުމުގެ ކަންތައްތަކަކީ އަބަދުވެސް މީހުންގެ ލޮލުގައި އަޅައިގަންނަ ކަންކަމެވެ. އެގޮތުން މިހަބަރާއެކު އޭނާގެ ފޭނުން ބުނީ މިއީ ހިތްދަތި ކަމެއް ކަމަށެވެ. ނަމަވެސް ލޯބީގެ ގޮތުން އޭނާގެ ސޯލްމޭޓް އާއި އުފާވެރިކަން އޭނާއަށް ލިބިފައިވާކަން އެނގުމުން ވަރަށް އުފާވެރިކަމަށެވެ.

އެންގޭޖްވުމުގެ ހަފްލާ ތެރެއިން: ފޮޓޯ:އަރްމާން މާލިކް އިންސްޓަގްރާމް

މަޝްހޫރު އެކްޓަރުންކަމަށްވާ އީޝާ ގުޕްތާ، ތާރާ ސުތާރިއާ، ޓައިގާ ޝްރޮފް އަދި ވަރުން ދަވަން ވަނީ އެ ދެ ތަރިންނަށް މަރުހަބާ ކިޔާފައެވެ.