ރައީސް އިބްރާހީމް މުހައްމަދު ސާލިހު، ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫއަށް ސީޓީއެއްގެ ދަރަޖަ ރަސްމީ ކޮށްދެއްވައިފިއެވެ.
ތިނަދޫއަށް ސީޓީއެއްގެ ދަރަޖަ ދީފައިވާކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އިއުލާނު ކުރެއްވީ އެމަނިކުފާނު މިހާރު ތިނަދޫއަށް ކުރައްވަމުން އަންނަ ދަތުރުފުޅުގައި ތިނަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ތިނަދޫއަށް، ރާއްޖޭގައި އުފެދުނު ފަސް ވަނަ ސީޓީގެ ދަރަޖަދިން ކަމުގެ ގަރާރުގައި ތިނަދޫއަށް ވަޑައިގެންނެވުމުގެ ކުރިން މާލޭގައި، ސޮއިކުރައްވާފައިވާކަމަށް، ރައީސް ސާލިހު ވަނީ ވިދާޅުވެފައެވެ.
ރައީސް ސާލިހު ތިނަދޫގެ ރައްޔިތުންނާ މުހާތަބްކޮށް ދެއްކެވި ވާހަކަފުޅުގައި، މިދިޔަ 2022 ވަނަ ފުރަތަމަފަހަރަށް ތިނަދޫ، ސިޓީއަކަށް ބަދަލުކޮށްދެއްވުމަށް އެދި ކައުންސިލްގެ ފަރާތުން އެލްޖީއޭއަށް ހުށަހެޅިކަމާއި އަދި އޭގެފަހުން އޮގަސްޓުމަހުވެސް ހުށަހަޅާފައިވާކަން ހާމަކުރައްވައި ވިދާޅުވީ، ގާނޫނުތަންދޭތޯ ބެއްލެވުމަށްފަހު، އެކަންތައްތައް ހަމަވާތީ، ތިނަދޫ ސިޓީއަށް ހެދުމުގެ ގަރާރުގައި، އެމަނިކުފާނު ސޮއިކުރައްވާފައިވާ ކަމަށެވެ.
"މިއަދު ރޫހު ވަނީ ފެން މީރު މި ތިނަދޫ ސިޓީއާ އެކީ. ތިނަދޫއަކީ ރާއްޖޭގައި ގާއިމުކުރެވުނު ފަސްވަނަ ސިޓީ. މަރުހަބާ ތިނަދޫ ސިޓީ. ތިނަދޫ ކައުންސިލްގެ ފަރާތުން ތިނަދޫ ސިޓީއަކަށް ހެދުމަށްޓަކައި މިދިޔަ 2022 ވަނަ އަހަރު ފުރަތަމަ އެލްޖީއޭއަށް ހުށަހެޅީ. މި އޮގަސްޓު މަހުވެސް ހުށަހެޅި. އެ ހުށަހެޅި ހުށަހެޅުންތައް އެލްޖީއޭއަށް ހުށަހެޅުމުން ލާމަރުކަޒީ ގާނޫނުގައިވާ ގޮތަށް އެކަންތައްތައް ހަމަވޭތޯ ބެލުމަށްފަހު އެ ހުރިހާ ކަމެއް މި ސިޓީގައި ހަމަވާ ކަމަށް އަޅުގަނޑަށް ލަފާ ލިބުމުން, މިއަދު އަޅުގަނޑު ވާނީ ފުރަ މާލޭގައި އެ ގަރާރުގައި ސޮއިކޮށްފައި," ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު، ރަސްމީކޮށް ގދ ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދެއްވާފައި މިވަނީ، ގާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ 51 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން، ރައީސުލްޖުމްހޫރިއްޔާ މިއަދު އެކަށައެޅުއްވި ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުންނެވެ.
ސިޓީއެއްގެ ދަރަޖަ ހޯދުމަށް އެދި ހުށަހަޅާ ރަށެއްގައި ނުވަތަ އަވަށެއްގައި ނުވަތަ ދާއިރާއެއްގައި ނުވަތަ ސަރަޙައްދެއްގައި، ގާނޫނުގައި ކަނޑައަޅައިފައިވާ ޝަރުތުތައް ފުރިހަމަވާނަމަ، އެ ރަށަކީ ނުވަތަ އެ އަވަށަކީ ނުވަތަ އެ ދާއިރާއަކީ ނުވަތަ ސަރަޙައްދަކީ ސިޓީއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވަންވާނެކަމަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސީލުން ހިންގުމުގެ ގާނޫނުގައި ބަޔާންކޮށްފައިވެއެވެ. އެ ޝަރުތުތައް ތިނަދޫގައި ފުރިހަމަ ވެފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު އެކަށައެޅުއްވި ގަރާރުގައި ބަޔާންކުރައްވަފައިވެއެވެ.
ގާނޫނީ ގޮތުން ސިޓީއެއްގެ ދަރަޖަ ދިނުމަށް ބަލާ މިންގަނޑު ތަކަކީ:ރަށުގައި ރަޖިސްޓްރީވެފައިވާ އާބާދީ 10،000 އަށްވުރެ ދަށްނުވުންސިޓީ އުފައްދަނީ ގިނަ ރަށްތަކެއް އެކުވެގެން ކަމުގައިވާނަމަ، ސިޓީ ސެންޓަރު ކަމުގައި ކަނޑައަޅާ ރަށަކީ އިތުރަށް ހިއްކައިގެން ބޮޑުކުރުމުގެ ފުރުސަތު އޮތް ރަށެއް ކަމުގައިވުން ސިޓީ އުފައްދަނީ ގިނަ ރަށްތަކެއް އެކުވެގެން ކަމުގައިވާނަމަ، ސިޓީގެ ހުރިހާ ރަށެއް، ސަރުކާރުގެ ދަތުރުފަތުރާބެހޭ ވުޒާރާއިން ގަބޫލުކުރާ މިންވަރެއްގެ ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލެވިފައި އޮތުން ކޮމާޝަލް ބަނދަރެއްގެ ހިދުމަތް ލިބެންހުރުން ބޭންކެއްގެ ހިދުމަތް ލިބެން ހުރުންޓާޝަރީ ހޮސްޕިޓަލެއް ހުރުން ސިޓީގައި ދަށްވެގެން ފުރަތަމަ ޑިގްރީއާ ހަަމައަަށް ތައުލީމު ހާސިލުކުރެވޭނެ މަރުކަޒެއް ގާއިމުވެފައިވުން ތިނަދޫ އަކީ ހުވަދުއަތޮޅުގެ ވެރިކަންކުރާ ރަށް ކަމަށްވާއިރު މިރަށުގެ ދިރިއުޅޭ އާބާދީއަކީ 5،390 އެވެ.
މިއަހަރުގެ 16 ޖުލައިގެ ނިޔަލަށް ތިނަދޫގައި ރަޖިސްޓްރީވެފައިވާ އާބާދީގެ އަދަދަކީ 3942 އަންހެނުން 3964 ފިރިހެނުން، ޖުމްލަ 7906 އެކެވެ. އެހެންކަމުން މިރަށުގެ އާބާދީ ސިޓީއަކަށް ހަމަވާން ޖެހޭ ޝަރުތު ދިހަހާސް މީހުންގެ އާބާދީއެއް ތިނަދޫގައި ނެތްކަން ފާހަގަކޮށްލެވެއެވެ.
އަތޮޅުތެރޭގައި ގާއިމު ކުރި ފުރަތަމަ އިސްލާމީ މަރުކަޒު ހުންނަނީ ތިނަދޫގައިކަމަށްވާއިރު މިއީ އެންމެ ފުރަތަމަ ރާއްޖޭގައި ފޮޓޯ ޗާޕްކުރި ރަށްވެސް މެއެވެ. ދެކުނު ބަގާވާތުގެ ތެރޭގައި ރަށް ފަޅުކުރުމަށްފަހު، ތިނަދޫގައި މީހުން ދިރިއުޅެން ފަށައި، އަލުން އާބާދުވިތާ މިއީ ފަންސާސް އަހަރެވެ.
ޖުމްލަ 5390 މީހުންގެ އާބާދީއެއް އޮންނަ ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދެއްވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވައުދެކެވެ. އެންމެ ފަހުން ރައީސް ސާލިހު އެމްޑީޕީ ރިޔާސީ ޕްރައިމަރީ ތެރޭގައި ތިނަދޫއަށް ވަޑައިގެންނެވިފަހުން ދެން ވަޑައިގެންނެވި ފަހަރަކީ މިއީއެވެ. އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި، ތިނަދޫގައި ބޭއްވި ޖަލްސާގައި ރައީސް ސާލިހް ވަނީ ރިޔާސީ ޕްރައިމަރީއަށް ފަހު ލަސްތަކެއް ނުވެ ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދެއްވުމަށް ބާއްވާ ޖަލްސާއަށް ވަޑައިގަންނަވާނެކަމަށް ވިދާޅުވެފައެވެ. އެފަހަރު ރައީސް ސާލިހު ވަނީ "ދެން މިރަށަށް ވަޑައިގަންނަވާނީ ސިޓީއެއްގެ ދަރަޖަ ދިނުމަށް: ކަމަށް ވިދާޅުވެފައެވެ. އޭގެފަހުން ދުވަސްތަކެއް ވެގެން ދިޔައިރުވެސް އެރަށަށް ސިޓީއެއްގެ ދަރަަޖަ ދީފައިނުވާތީ ފާޑުކިއުންތައް އަމާޒުވެފައިވަނިކޮށް، މިއަދު ތިނަދޫއަށް ވަޑައިގެން މިހާރު އެ ރަށުގައި ބާއްވަމުން އަންނަ ކެމްޕޭން ޖަލްސާގައި ރައީސް ސާލިހު ވަނީ އެ ވައުދު ފުއްދަވައިދެއްވާފައެވެ.
ތިޔަ ކުރެއްވީ ވަރަށް ރަނގަޅުކަމެއްކަން ބުނެލަން، އެކަމަކު ތިކަންކަން ކުރަނީ މާލަހުން، ސިދާ އިންތިހާބާއި ކައިރިކޮސްފައި ތިޔަ ބާވަތުގެ ކަންކަން ކުރަމުން ގެންދިޔުމަކީ އެހާރަނގަޅު ކަމެއްކަމަށް ނުދެކެވެ. އެކަމަކުވެސް ތިޔަ ކަންތައް ދާއިމީ ދެމެހެއްތެނިވި ގޮތަކަށް ކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމުގައި ދެކެން. އުއްމީދަކީ ރަނގަޅުގޮތްތައް މެދުވެރިވެގެން ދިޔުމެވެ.