ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް، އަރިއަތޮޅު އުތުރުބުރީ ހިމެންދޫ ފުޓުބޯޅަ ދަނޑާއި، ފާދިއްޕޮޅު އޮޅުވެލިފުށީ އިންޖީނުގެ ހުޅުއްވައިދެއްވައިފިއެވެ.

ރައީސް ސާލިހް، ހިމެންދޫ ފުޓުބޯޅަ ދަނޑާއި އޮޅުވެލިފުށީ އިންޖީނުގެ ހުޅުއްވައިދެއްވީ އެމަނިކުފާނު މިއަދު އެދެރަށަށްކުރެއްވި ޒިޔާރަތުގައެވެ.

އއ.ހިމެންދޫ ފުޓުބޯޅަ ދަނޑަކީ ޓަރފްއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ފުޓުބޯޅަ ދަނޑެކެވެ. މިދަނޑުގެ މަސައްކަތްކޮށްފައި ވަނީ އަމިން ކޮންސްޓްރަކްޝަން ޕްރައިވެޓްލިމިޓެޑާއި ހަވާލުކޮށްގެންނެވެ.

މީގެ އިތުރުން ޅ. އޮޅުވެލިފުށީ އިންޖީނުގެއަކީވެސް ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ އިންޖީނުގެއެކެވެ. އައު އިންޖީނުގެ ބިނާކޮށްފައިވަނީ ރަށުގެ މީހުން ދިރިއުޅޭ ސަރަހައްދާއި ދުރުގައެވެ.

އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ހިދުމަތްތައް ޤާއިމްކޮށް، ކުޅިވަރު ކުޅެވޭނެ މަގުފަހިކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި ސަރުކާރުން ވަނީ އަތޮޅުތަކުގެ ރަށްރަށުގައި އުމުރާނީ ތަރައްޤީގެ ވަރަށް ގިނަ މަޝްރޫއުތައް ހިންގާފައެވެ.