ޔާޝްރާޖް ފިލްމްސް އިން މިހާރު ދަނީ މަރްދާނީ-3 ގެ ސްކްރިޕްޓް ތައްޔާރު ކުރަމުންކަމަށާއި މަރްދާނީ-3 ގައިވެސް ޝިވާނީ ޝިވާޖީ ރޯއީގެ ރޯލު އަދާކުރާނީ ރާނީ މުކަރްޖީ ހާމަކޮށްފިއެވެ.

ރާނީ ބުނީ، ޔާޝްރާޖްޗޯޕްރާ ވަރަށް އަވަހަށް ފިލްމުގެ ސްކްރިޕްޓް ތައްޔާރު ކުރާނެ ކަމަށާއި، މަރްދާނީ 3ގެ ރޯލު ކުޅުމަށް އޭނާ ވަނީ ކެތްމަދުވެފައި ކަމަށެވެ.

މަރްދާނީ 2 ގެ މަސައްކަތް ކުރިއިރު ވަރަށް ހާސްވިކަން ފާހަގަކޮށް ރާނީ ބުނީ ފިލްމެއް ނިމޭ ކޮންމެ ފަހަރަކު އޭނާ އެފިލްމެއްގައި ކުޅޭ ކެރެކްޓަރުން ނުކުމެ ހަމަޖެހިލާ ފަހުން އޭގެ އަނެއް ބައި ކުޅެން ޖެހުމުން ވަރަށް އުނދަގޫ ކަމަށެވެ. މިހާރު ދެން މަރްދާނީ 2 އަށްފަހު އޭނާއަށް ވަރަށް އެއްޗެހި އެނގިއްޖެކަމަށާއި މަރްދާނީ 3 އެއް ކުޅެވޭނެކަން ޔަގީންކަމަށްވެސް ރާނީ ބުންޏެވެ.

ރާނީ ބުނީ މަރްދާނީ3 އިން، އަންހެނުން ބާރުވެރިކޮށް އެމީހުންނަށް ލިބޭ އަނިޔާތަކާ ދެކޮޅަށް ތެެދުވަން ރަނގަޅު މެސެޖެއް ލިބޭނޭ ކަމަށެވެ.