ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ އުފަން ރަށް ކަމުގައިވާ ޅ.ހިންނަވަރުން މެޖޯރިޓީ ލިބުމަކީ ދެކެން ވަރަށް ބޭނުންވާ މަންޒަރެއް ކަމަށް އިދިކޮޅު ކޯލިޝަން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިފަސް އަހަރަކީ ހިންނަވަރަށް އެއްކަމެއްވެސް ނުވި ފަސް އަހަރުކަމަށް ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ ރަށުގެ ތަރައްގީ މިފަސް އަހަރުގައި ފަހަތަށް ގޮސްފައިވާއިރު ތަރައްގީއާއި ކުރިއެރުން ގެނެވޭނީ އެކަން ކުރެވޭނެ ގާބިލުކަން ތިބި ބަޔަކަށް ކަމަށެވެ

މުއިއްޒު، ޅ ހިންނަވަރުގައި
"އެއްބުރުން އިންތިހާބު ކާމިޔާބު ކުރުމަށް ދިވެހި ރައްޔިތުން ކުރާ މަސައްކަތުގައި މިރަށުން މެޖޯރިޓީ ލިބުމަކީ އަޅުގަނޑު ވަރަށް ދެކެން ބޭނުންވާ ކަމެއް. އެއީ ވަރަށް ބޮޑު ޗެލެންޖެއް. އިރާދަކުރެއްވިޔާ ވާނެ. ހިންނަވަރށް ރައްޔިތުން ބޭނުންވާ ކަންކަން ހަގީގަތުގައިވެސް ކުލަ ޖައްސާނަން،"
މުއިއްޒު
މުއިއްޒު، ޅ ހިންނަވަރުގައި
މުއިއްޒު، ޅ ހިންނަވަރުގައި

ހިންނަރުގެ މަގު ހެދުމާއި ސިއްހީ ކަންކަމާއި، ފެނާއި ނަރުދަމާވެސް ނޭޅި އޮތް އޮތުމަށް ހައްލު ގެނެސް ހިންނަވަރު ތަރައްގީ ކޮށްދެއްވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

ރިޔާސީ ކެމްޕޭންގައި ޅ. ހި ންނަވަރަށް ޑރ. މުއިއްޒާއި ޓީމު ވަޑައިގެންނެވުމުން އެރަށުން ވަނީ ގިނަ ބަޔަކު ނިކުމެ ހޫނު މަރުހަބާއެއް ދަންނަވާފައެވެ. މުއިއްޒު ވަނީ ހިންނަވަރުން ގިނަ ބަޔަކު ނިކުމެ ހޫނު މަރުހަބާއެއް ދެންނެވި ކަމަށްޓަކައި ވަރަށް ބޮޑަށް ޝުކުރު ދަންނަވާފައެވެ.

މުއިއްޒު، ޅ ހިންނަވަރުގައި