އަމީނިއްޔާ ސްކޫލްގެ ޓީޗަރަކު ޕޮޒިޓިވްވެ އެ ޓީޗަރާ ކޮންޓެކްޓްވި ބައެއް ޓީޗަރުން ކަރަންޓީނުކޮށްފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޕޮޒިޓިވްވެފައި ވަނީ ގްރޭޑް 3 އަށް ކިޔަވައިދޭ އިންޑިއާގެ ޓީޗަރެކެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އެ ޓީޗަރު ޕޮޒިޓިވްވުމާ ގުޅިގެން ކޮންޓެކްޓްރޭސިން ހެދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

އެ ޓީޗަރު ޕޮޒިޓިވްވިޔަސް ދަރިވަރުންގެ ކިޔެވުމަށް އެއްވެސް ބުރުލެއް ނާރާނެ
އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލް

އެ ޓީޗަރާ ކޮންޓެކްޓް ވެގެން ހޯމް ކަރަންޓީނު ކުރީ ކިތައް ޓީޗަރުން ކަމެއް މިނިސްޓްރީން ހާމައެއް ނުކުރެ އެވެ.

އެޗްއީއޯސީގެ އޮފިޝަލަކު ވިދާޅުވީ އެ ޓީޗަރާ އެހެން ޓީޗަރުންނާ ދިމާވެފައި ވަނީ ސްކޫލުން ބޭރުގައި ކަމަށެވެ. އަދި އެންމެން ވެސް މިހާރު ތިބީ ހޯމް ކަރަންޓީނުގައި ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އެ މިނިސްޓްރީގެ އޮފިޝަލް ވިދާޅުވީ ނެގެޓިވް ޕީސީއާރް ނަތީޖާ ނުލިބެނީސް ރާއްޖެއިން ބޭރުން އަންނަ ޓީޗަރަކު ސްކޫލަށް ހާޒިރުވުމަކީ މަނާކަމެއް ކަމުގައި ކަނޑައަޅާފައިވާނެ ކަމަށެވެ.