އިސްރާއީލް ފިޔަވާ އެހެން ހުރިހާ ގައުމަކާއެކު ގުޅުން ގާއިމު ކުރައްވާނެކަމަށް ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ކެނޑިޑޭޓް އަޙްމަދު ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.
މިހާރު ކުރިޔަށްދާ ރިޔާސީ ބަހުސްގައި ވާހަކަފުޅުދައްކަވަމުން ފާރިސް ވިދާޅުވީ ދާހިލީ ސިޔާސީ ކުރިއެރުން ހޯދުމަށްޓަކައި ބޭރުގެ ފަރާތްތަކުން އެހީ ހޯދުމަކީ ތާރީހް ދައްކާ ވަރަށް ހިތާމަވެރި ހަގީގަތެއް ކަމަށެވެ.
ދާހިލީ ކަންކަމުގައި ބޭރުގެ ގައުމުތަކުގެ އެހީ ހޯދުމަކީ ގައުމަށް ރަނގަޅު ކަމެއް ނޫން ކަމަށް ފާރިސް ވަނީ ހާމަކުރައްވާފައެވެ. އަދި ހާރިޖީ ކަންތައްތައް ބައްޓަން ކުރަން ޖެހޭނީ، އިސްރާއީލް ފިޔަފާ ދުނިޔޭގެ ހުރިހާ ގައުމުތަކާ ވެސް ގުޅުން ބަދަހި ކޮށްގެން ކަމަށް ފާރިސް ވިދާޅުވިއެވެ
ބޭރު ގައުމުގެ ދިދަ ހިފައިގެން އުޅޭ ސިޔާސީ ޕާޓީތައް ފެނިގެން ދިޔުމަކީ ދިވެހިންނަށް ފައިދާވާ ގޮތެއްނޫން ކަމަށާއި މިކަން ނިންމުމަކަށް ގެންނަން ޖެހޭ ކަމަށްވެސް ފާރިސް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރަށްވެސް ފާރިސް ވަނީ ދުނިޔޭގެ ފެންވަރުގައި ވެސް އަދި ސަރަހައްދީ ފެންވަރުގައި ލީޑާޝިޕް ރޯލެއް ރާއްޖޭން ދައްކަން ޖެހޭކަމަށް ވިދާޅުވެެފައެވެ.
ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމަށް އެންމެޤާބިލްބޭފުޅަކީ ފާރިސްކަމުގަ ޤަބޫލުކުރަން