އިންޑިއާގެ މަޝްއޫރު ވިޔަފާރިވެރިޔާ އަދި ޖެޓް އެއާވޭސްގެ ފައުންޑަރ ނަރޭޝް ގޯޔާ މަނީ ލޯންޑަރިންގެ މައްސަލައެއްގައި ހައްޔަރުކޮށްފިއެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ ބެންކަށް އޮޅުވާލުމުގެ ކުށުގައި އިންޑިއާގެ މުމްބާއީގައި މިދިޔަ ހޮނިހިރު ދުވަހުކަމަށް އޮފިޝަލުން މައުލޫމަތު ދިނެވެ.

މިހާތަނަށް ތަހުގީގުގެ ޓީމާއި އެންފޯސްމެންޓް ޑިރެކްޓޮރޭޓަރުންނާއި ތަހުގީގު ފަށާފައިވާއިރު ނަރޭޝް 65 މިލިއަން ޑޮލަރު ލޯންޑަރިން ހިންގާފައިވާކަަމުގެ ތަހުގީގު މިހާތަނަށް ހޯދާފައިވެއެވެ.

މީގެއިތުރުން 74 އަހަރުގެ ނަރޭޝްގެ ތަހުގީގު ނިމުމަކަށް ގޮސްފައިވާއިރު އޭނާގެ މައްސަަލަ ކޯޓަށް ހުށަހަޅައި ދައުވާ އުފުލުމުގެ މަސައްކަތް ޕްރޮސިކިއުޓަރުން މިހާރު ވަނީ ފަށާފައިވެއެވެ.

ފުލުހުންނަށް މިކަމާ ބެހޭ މައުލޫމާތު ލިބިފައިވަނީ ބެންގަލޫރުގައި ހުންނަ ކަނާރާ ބޭންކުން ނަރޭޝް އާއި އޭނާގެ އަންހެނުން ނެގި ބޮޑު ލޯނެއް ނުދެއްކުމުގެ ސަބަބުން އެމައްސަލަ ފުލުހުންނަށް ހުށަހެޅުމުންނެވެ.

ތަހުގީގުން މިހާތަނަށް ހޯދިފައިވާ މައުލޫމާތަށް ބަލާއިރު، ޖެޓް އެއާވޭސް އޮޕަރޭޓް ކުރުމަށް އެކި ފަރާތްތަކުން 102.6 މިލިއަން ޑޮލަރު ނަރޭޝް ވަނީ ލޯންގެ ގޮތުގައި ހޯދައިފައެވެ. ނަމަވެސް އަދިވެސް 65 މިލިއަން ނުދައްކާ އޮތްކަމަށް ވެއެވެ.