ގައުމުގެ ވެރިކަމަކީ އެއްވެސް ހާލެއްގައި ޝަރަފެއް ނޫންކަމަށާއި އެއީ މަތިވެރި މަސްއޫލިއްޔަތެއް ކަމަށް ދީނީ އިލްމުވެރިޔާ އަދި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޑރ. މުހައްމަދު ޝަހީމް މިހެން ވިދާޅުވީ ރިޔާސީ ކެމްޕޭނުގައި ޕްރޮގްރެސިވް ކޯލިޝަނުން ރޭ ލ.ގަމުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ
ޑ.ރ.ޝަހީމް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ވޯޓުލުމާއި ދާދި ގާތްވެފައިވާއިރު ރައްޔިތުން ނިންމާ ނިންމުމަކީ ވަކި މީހަކަށް ޝަރަފެއް ހޯދުމަށް ނިންމާ ނިންމުމަކަށް ވެގެން ނުވާނެކަމަށެވެ. ރައީސް ކަމަކީ އެކަމުގައި ވަރަށް ބޮޑު މަސްއޫލިއްތެއް އޮތް ކަމަކަށްވާއިރު އެމަސްއޫލިއްތު އަދާނުކުރެވޭ މީހަކަށް މަސްއޫލިއްޔަތު ހަވާލުކޮށްގެން ޤައުމަށް ވީގޮތް ރައްޔިތުންނަށް މިހާރު ފެންނަމުންދާ ކަމަށްވެސް ޝަހީމް ވަނީ ވިދާޅުވެފައެވެ.
މިފަހަރުގެ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން އެއްވެސް ސުވާލެއްނެތި ތައުލީމީ ގާބިލް ކެންޑިޑޭޓަކީ ޑރ. މުއިއްޒު ކަމާއިމެދު އެއްވެސް ޝައްކެތް ނެތްކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ.
އަދި ޑރ.މުއިއްޒަކީ މިއަދު ގައުމު އޮތް ހާލަތުން ނަގާ ކޮޅަށް ޖެހޭނެ ވަރުގެ ގާބިލުކަމާއި އިލްމުހުރި ހަމައެކަނި ކެންޑިޑޭޓް ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ މިސަރުކާރުން މުއިއްޒާއި ގުޅޭގޮތުން ދައްކާނެ އެއްވެސް ވާހަކައެއް ނެތިގެން، މިހާރު ދައްކާ ވާހައަކީ ތަރައްގީ ހުއްޓުވައި ޕްރޮޖެކްޓްތައް ހުއްޓާލާނެކަމުގެ ވާހަކަ ކަމަށެވެ. ނަމަވެސް ތަރައްގީގެ ފިކުރަކުން ތަރައްޤީ ގެނެސްދިން ބަޔަކު މިގައުމުގެ ތަރައްހީ ހުއްޓުވާލާނެކަމަށް ބުނުމުން ގަބޫލު ކުރާނެ އެއްވެސް ރައްޔިތަކު ނުހުންނާނެކަމަށް ޝަހީމް ވިދާޅުވިއެވެ.