ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ސާލިހް، ރ. ވާދޫގެ ތަރައްގީގެ ބައެއް މަޝްރޫއުތަކުގެ ނިމުން ފާހަގަކޮށްދެއްވައިފިއެވެ.

އެމަނިކުފާނު މި މަޝްރޫއުތަކުގެ ނިމުން ފާހަގަކޮށްދެއްވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ކެމްޕެއިނުގައި އެރަށަށް ވަޑައިގެންނެވެ.

އެމަނިކުފާނު އިއްޔެ ވާދޫއަށް ވަޑައިގެން ވާދޫ އިންޖީނުގެއާ ފެނަކަ އޮފީސް އަދި ސިއްހީ މަރުކަޒަށް އަލަށް އިތުރުކުރި އިމާރާތް ހުޅުއްވައިދެއްވިއެވެ.

ވާދޫ އިންޖީނުގެ އަދި ފެނަކަ އޮފީސް، އިމާރާތްކޮށްފައި ވަނީ ރަށުގެ މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައި، ކުރިޔަށްވުރެ ޖާގަ ތަނަވަސް އަދި ބޭނުންވާ އިތުރު ވަސީލަތްތަކާ އެކުގައެވެ. ކުރީގެ އިންޖީނުގޭގެ ކެޕޭސިޓީއަކީ 528 ކިލޯވޮޓް ކަމުގައި ވީނަމަވެސް އައު އިންޖީނުގެއާއެކު އިންޖީނުގޭގެ ކެޕޭސިޓީ ވަނީ 800 ކިލޯވޮޓަށް އިތުރުކުރެވިފައެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައިދެއްވި ވާދޫ ސިއްހީ މަރުކަޒަށް އިތުރުކުރި އިމާރާތުގެ މަސައްކަތް ކޮށްފައި ވަނީ ކްލޭ އެލް.އެލް.ޕީ އާ ހަވާލުކޮށްގެންނެވެ. މި އިމާރާތުގައި ކޮންފަރެންސް ހޯލް، އިދާރީ އޮފީސް، ޖެނެރަލް ސްޓޯރ މެޑިކަލް ސްޓޯރ، އޮފީސް ސްޓޯރ، ގަރާޖު ހިމެނެއެވެ.

އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ހި ދުމަތްތައް ގާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ، އަތޮޅުތަކުގެ ރަށްރަށުގައި އުމުރާނީ ތަރައްގީގެ ވަރަށް ގިނަ މަޝްރޫއުތައް ހިންގާފައެވެ