ހަފްތާއެއްގެ ތެރޭގައި މޯލްޑިވްސް އިންސްޓަންޓް ޕޭމަންޓް ސިސްޓަމް (ފަވަރަ) އިން 100 މިލިއަން ރުފިޔާއަށްވުރެ ގިނަ މުއާމަލާތް ހިންގައިފިއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރު ހިދުމަތް ދޭން ފެށި ފަހުން ހަފްތާއެއްގެ ތެރޭގައި 128.42 މިލިޔަން ރުފިޔާގެ މުއާމަލާތް ވަނީ "ފަވަރަ" މެދުވެރިކޮށް ކޮށްފައެވެ.

'ފަވަރަ' ސިސްޓަމް އަކީ މާލީ ނިޒާމާއި ބީރައްޓެހި ފަރާތްތަކުގެ އިތުރުން ބޭންކް އެކައުންޓެއް ނެތް ފަރާތްތަކާއި ރާއްޖޭގެ ކޮންމެ ބޭންކެއްގައި އެކައުންޓް ހުޅުވާފައިވީނަމަވެސް، އެއްހަމައެއްގައި ފަސޭހަކަމާއެކު ހިދުމަތް ފޯރުކޮށްދިނުމަށް މަގުފަހިވާގޮތަށް ފަރުމާކޮށްފައިިވާ ސިސްޓަމެކެވެ.

މި ސިސްޓަމްގެ ދަށުން ލިބޭ ހިދުމަތްތަކުގެ ތެރޭގައި

  • އިންސްޓަންޓް ޕޭމަންޓްސް
  • ރިކްއެސްޓް ޓު ޕޭ
  • ސްމާޓް އެޑްރެސިން
  • އެކައުންޓް ވެރިފިކޭޝަން

މި ސިސްޓަމް މެދުވެރިކޮށް ވަގުތުން ފައިސާ ފޮނުވުމާއި ލިބިގަތުމުގެ ހިދުމަތް ބޭންކެއްގައި އެކައުންޓް ހުޅުވާފައިވާ ކޮންމެ ރައްޔިތަކަށްވެސް މި ސިސްޓަމުން ލިބޭނެއެވެ.

އިންސްޓަންޓް ޕޭމަންޓް ސިސްޓަމް، އައިޕީއެސްގައި ފުރަތަމަ ބައިވެރިވި ތި ބޭންކަކީ ބޭންކް އޮފް މޯލްޑިވްސް، މޯލްޑިވްސް އިސްލާމިކް ބޭންކް އަދި ސްޓޭޓް ބޭންކް އޮފް އިންޑިޔާއެވެ.