ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް މާލެ ސަރަހައްދު ހިމެނޭހެން މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.

މި ސަމާލު ނެރެފައިވަނީ ކ. އަތޮޅުން ފެށިގެން ފ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ. މި ސަމާލު ނެރެފައިވަނީ ހެނދުނު 07:30 އިން ފެށިގެން ހެނދުނު 11:30 އާއި ދެމެދުގެ ވަގުތަށެވެ.

މި ސަމާލުގައި ބުނެފައިވަނީ ބޯކޮށް ވާރޭވެހި ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.