ގއ. ދާންދޫ އަދި ވިލިނގިލިން ކޮވިޑް-19 ގެ ޕޮޒިޓިވް ކޭސްތަކެއް ފެނިއްޖެ އެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ބުނެފައިވަނީ ޕޮޒިޓިވް ކޭސްތަކާއި ގުޅިގެން އެ ދެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ. އެގޮތުން ދާންދޫއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ ދެ މީހުންނެވެ. އަދި ވިލިނގިލިން ޕޮޒިޓިވް ވެފައިވަނީ އެކަކެވެ.

އެޗްއީއޯސީ އިން ބުނެފައިވަނީ އެ ދެ ރަށުން ފެނުނު ޕޮޒިޓިވް ކޭސްތަކަކީ ދެއްވަދޫ ކްލަސްޓާއާއި ގުޅޭ ކޭސްތަކެއް ކަމަށެވެ. އަދި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ކުރިއަށްދާކަމަށް ވިދާޅުވި އެވެ.