ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް މީގެ ކުރިން ވަރަށް ބޮޑަށް ތާއީދު ކުރެއްވި އަދާލަތު ޕާޓީގެ އެކްޓިވިސްޓު ޝައިހް އަލީ ޒައިދު އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއަށް ތާއީދު ކުރައްވާކަން ހާމަކުރައްވައިފިއެވެ.
މިކަން ހާމަކޮށް ޝައިހް ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ ގައުމުގެ މިވަގުތުގެ ހާލަތާއި އެންމެ މުނާސަބު ކެންޑިޑޭޓަކީ ޑރ މުއިއްޒުކަމުގައި ދެކިލައްވާތީ މިއަހަރުގެ ރިޔާސީ އިންތިހާބުގައި ޑރ މުއިއްޒަށް ތާއިދު ކުރެއްވުމަށް ނިންމަވާފައިވާކަމަށެވެ.
ގިނަ އަދަދެއްގެ ދީނީ އިލްމުވެރިން ޑރ މުއިއްޒަށް ތާއިދު ކުރައްވާކަން ހާމަކުރަމުން ދާއިރު، ރައީސް އިބްރާހީމް މުހައްމަދު ސާލިހަށް ތާއީދުކުރާ ދީނީ އިލްމުވެރިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝައިހް ޒައިދު ބައިވެރިވެވަޑައި ނުގަންނަވައެވެ.