ކަރީނާ ކަޕޫރު ހާން އާއި ވިޖޭ ވަރުމާ އަދި ޖައިދީޕް އަލާވަތު ލީޑު ރޯލު ކުޅޭ "ޖާނެ ޖާން" ގެ ޓްރެއިލާ ބެލުންތެރިންނަށް ދައްކާލައިފިއެވެ.

މި ފިލްމަކީ ސްޓްރީމިން ސާވިސްއެއްގެ ފިލްމެއްގައި ކަރީނާ މަސައްކަތްކުރާ ވެސް ފުރަތަމަ ފަހަރަށްވީއިރު މި ފިލްމު ނެޓްފްލިކްސްއިން ދައްކާނެކަން އިއުލާންކޮށްފައިވަނީ މިދިޔަ ހަފްތާގައެވެ.

ފިލްމްގެ ޓްރެއިލާ ނެރުމަށް ބޭއްވި ހަފްލާގައި ވާހަކަދައްކަމުން ކަރީނާ ބުނީ ފިލްމުގެ ސްކްރިޕްޓް ލިބުނު އިރު، އޭނާ އިނީ ދެވަނަ ދަރިފުޅަށް ބަލިވެ ކަމަށެވެ. އަދި ކްރައިމް ތުރިލާ އަދި މިސްޓްރީ ފިލްމުތަކަކީ އޭނާގެ އެންމެ ފޭވަރިޓް ޖޯންރާ ކަމަށާއި އެ ޖޯންރާގެ ފިލްމެއްގައި މަސައްކަތް ކުރެވުނީތީ ވަރަށް އުފާކުރާ ކަމަށްވެސް އޭނާ ބުނިއެވެ.

މި ފިލްމް އުފައްދާފައިވަނީ 2005 ވަނަ އަހަރު ނުކުތް ޖަޕާނުގެ މިސްޓްރީ ކްރައިމް ވާހަކަ ފޮތެއް ކަމަށްވާ "ދަ ޑިވޯޝަން އޮފް ސަސްޕެކްޓް އެކްސް" އަށެވެ.

މި ފިލްމު ބެލުންތެރިންނާ ހަމައަށް ދޫކޮށްލަން ހަމަޖެހިފައިވަނީ މިމަހުގެ 21 ވަނަ ދުވަހުގައެވެ.