ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަދި އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ އަލުން އެ ޕާޓީއާ ގުޅިވަޑައިގެންފިއެވެ.
ކާށިދޫ ދާއިރާގެ މެންބަރު ޖާބިރުގެ ފާމުދޭރީ ޖަގަހަ ހުޅުވަން ރޭ ބޭއްވި ރަސްމިއްޔާތުގައި އަލްހާންވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގެން އެމަނިކުފާނުގެ މެމްބަރޝިޕް ފޯމު ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީއާ ހަވާލުކުރައްވާފައެވެ.
މީގެއިތުރުން އަލުން އަނބުރާ އެމްޑީޕީއާ ގުޅުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއްކަމަށާއި އެމްޑީޕީއަށް ކުރިއެރުމަށް އެދި ޓުވީޓެއްގައި އަލްހާން ލިޔުއްވާފައިވެއެވެ.
އަލްހާންގެ ސިޔާސީ ހަޔާތް ފެށްޓެވީ ޑީއާރްޕީންނެވެ. އޭގެފަހުން އެމްޑީޕީގައި އުޅުއްވުމަށްފަހު ޖޭޕީ އަދި ޕީޕީއެމްގައި ވެސް މަސައްކަތް ކުރެއްވިއެވެ.