ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ އެ މަގާމަށް އައްޔަންކުރައްވާފައި ވަނީ ސަފިއްޔާ މުހައްމަދު ސައީދު ކަމަށެވެ. ސަފިއްޔާ މީގެކުރިން ހުންނެވީ ރައީސް އޮފީހުގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމުގައެވެ.

ސަފިއްޔާއާއެކު ހެލްތް މިނިސްޓްރީގައި މިވަގުތު ނައިބުންގެ ގޮތުގައި ފަސް ބޭފުޅުން އެބަ ތިއްބެވިއެވެ. އެގޮތުން މިދިޔަ މަހުގެ ފަހުކޮޅު ވެސް ހެލްތުގެ ނައިބުގެ މަގާމަށް ބޭފުޅަކު އައްޔަންކޮށްފައިވެއެވެ. އެފަހަރު އައްޔަންކޮށްފައިވަނީ މަރިޔަމް ހާލިދާއެވެ.