ޔުރިނަރީ ޓްރެކްޓް އިންފެކްޝަން (ޔޫޓީއައި) ނުވަތަ ޔޫރިން އިންފެކްޝަނަކީ ގިނަ ފަހަރަށް ހަމުން ނުވަތަ ރެކްޓަމް އިން އުފެދޭ ބެކްޓީރިއާ ކުޑަކަމުދާ ނިޒާމަށް ވަދެ، ކުޑަކަމުދާ ނިޒާމަށް ބަލިޖެހުމުން ދިމާވާ އާންމު އިންފެކްޝަންތަކެކެވެ. މި އިންފެކްޝަންތަކުގެ އަސަރު ކުޑަކަމުދާ ނިޒާމުގެ ބައެއް ތަންތަނަށް އަސަރު ކުރުވަފާނެއެވެ. އެހެން ނަމަވެސް އެންމެ އާންމު ވައްތަރަކީ ބްލެޑަރ އިންފެކްޝަން (ސިސްޓައިޓިސް) އެވެ. ކިޑްނީ އިންފެކްޝަން (ޕައިލޯނެފްރައިޓިސް) އަކީ ޔޫޓީއައިގެ އަނެއް ވައްތަރެވެ.
ޔޫރިން އިންފެކްޝަން ނުވަތަ ޔޫޓީއައި ޖެހޭ މައިގަނޑު ސަބަބުތައް:
- ފެން ބޯ މިންވަރު މަދުވުން : މެޝިނެއް ހިންގުމަށް ތެޔޮ ބޭނުންވާ އުސޫލުން އިންސާނާގެ ހަށިގަނޑުގެ އެކިއެކި ގުނަންތަކުގެ ހިންގުމަށް ފެން ބޭނުންވެއެވެ. ކުޑަކަމުދާ ނިޒާމަށް ޖެހޭ ބަލިތަކުގެ އެންމެ މައިގަނޑު އެއް ސަބަބަކީ ވެސް ފެން ބޯ މިންވަރު މަދު ވުމެވެ.
- އެންމެ ފުރިހަމައަށް ސާފުތާހިރު ނުވެވުން
- ޖިންސީ ގޮތުން ގުޅުން ހިންގުމުގައި ސާފުތާހިރުކަމަށް ސަމާލުނުވުން
- ކުޑަކަމުދާ ތަކެތި ހިފަހައްޓައިގެން ގިނަ ވަގުތު ހޭދަކުރުން
- ބަނޑު ހަރުވުން (ކޮންސްޓިޕޭޝަން)
- ލޭގައި ހަކުރު ހުރުން
- ކިޑްނީގައި ހިލަ އުފެދިގައިހުރުންއަންޑަރގާމެންޓްސް ބަދަލު ކުރުމުގައި ފަރުވާ ނުބަހައްޓައި ގިނަ ދުވަސް ކުރުން
- ޕީރިއަޑް ދުވަސްވަރު ބޭނުންކުރާ ސެނިޓަރީ ޕެޑް ބަދަލު ނުކޮށް ގިނައިރު ހުރުން
ކުޑަކަމުދާތަކެތީގައި އިންފެކްޝަން ޖެހުމުގެ އަލާމާތްތަކަކީ ކޮބައިތޯއެވެ؟
ޔޫރިން އިންފެކްޝަން (ޔޫޓީއައި) - އަލާމާތްތައް
- ކުޑަކަމުދާން އަބަދު ބޭނުން ވެފައި ހުރުން، ކުޑަކަމު ގޮސް ނިމިގެން ތެދުވުމާއެކު އަދިވެސް ދާން ބޭނުންވާ ގޮތްވުން
- ކުޑަކަމުދާއިރު ދިލަނަގާ، ތަދުވާ ގޮތްވުން
- ގިނަގިނައިން ކުޑަކަމުދާން ޖެހޭއިރު އަދި ކުޑަކަމުދާ ތަކެތި ކުޑަމިންވަރެއް ހަށިގަނޑުން ބޭރުވުން
- ކުޑަކަމުދާތަކެތީގެ ކުލަ ނުސާފުވުން/ ވަސް ނުބައިވުން
- ކުޑަކަމުދާތަކެތީގައި ލޭ ހުރުން
- ހުން އަންނަ ގޮތްވެ ބަނޑުކޮޅުގައި ތޫނުތަދެއް ހުރުން
ޔޫރިން އިންފެކްޝަން ޖެހުމުގެ މައިގަނޑު ސަބަބަކީ ކޮބައިތޯއެވެ؟
ޔޫޓީއައިގެ ނުރައްކާ އެންމެ ބޮޑީ އަންހެނުންނަށް ކަމަށް ވިޔަސް ފިރިހެނުންގެ މެދުގައި ވެސް މިއީ އާއްމު ބައްޔެކެވެ. އަންހެނުންނަށް ޔޫޓީއައިގެ ނުރައްކާ ބޮޑުވަނީ ގުދުރަތީ ގޮތުން ޖިންސީ ގުނަވަން އުފެދިފައި ހުންނަ ގޮތުން ޖަރާސީމު ވަންނަން ފުރުސަތު ބޮޑުވާތީ އެވެ. އާންމުކޮށް ކުޑަކަމުދާ ނިޒާމަށް އިންފެކްޝަން (ޔޫޓީއައި) ޖެހެނީ ކުޑަކަމުދާ ނިޒާމަށް ބޮޑުކަމުދިއުމުގައި ނަޖިހުގެ އަސަރުން ބެކްޓީރިއާ ވަދެގެން އިންފެކްޓް ވާގޮތްވެގެންނެވެ. ސަބަބަކީ މި ދެކަމަށް ބޭނުން ކުރާ ހޮޅި އެކަތި އަނެކައްޗާ ދެމެދު ހުންނަނީ ހަނިދާއިރާއެއް ކަމަށް ވުމެވެ. މިހެން ބޮޑަށް ދިމާވަނީ އަންހެނުންނަށެވެ. އެހެންކަމުން ޔޫޓީއައިގެ މައްސަލަތައް ފިރިހެނުންނަށްވުރެ އަންހެނުންނަށް ބޮޑަށް ދިމާވަނީ މިސަބަބާހެދިއެވެ.
މިހެން ވުމުން ބެކްޓީރިއާ ބްލެޑަރއަށް ނުވަތަ ކިޑްނީއަށް ފޯރާ އިންފެކްޝަން ޖެހުމުގެ ފުރުސަތު ވަރަށް ބޮޑެވެ.
ސިއްހީ ހިދުމަތްދޭ ފަރާތްތަކުން ގިނައިން ކުޑަކަމުދާ ނިޒާމުގެ އިންފެކްޝަންތަކަށް ފަރުވާ ދެނީ އެންޓިބަޔޮޓިކްސް އިންނެވެ.
ގޭގައި ކުރެވިދާނެ ކަންކަމުގެ ތެރޭގައި ގިނައިން ފެން ބުއިން، ސާފުތާހިރު ކަމަށް އިސްކަން ދިނުން، ހާއްސަކޮށް ބޮޑުކަމުގޮސް ވަރަށް ރަނގަޅަށް ތާހިރުވުން، އާފަލު ޖޫސް ކްރޭންބެރީ ޖޫހަކީ މިކަމަށް ވަރަށް ރަނގަޅު ބުއިމެކެވެ.