ރަޝިޔާއާ ގުޅުން ހުރި އެސެޓްތައް ހޯދައި ފްރީޒް ކުރުމަށް ހުޅަނގުން އުފެއްދި ރެޕޯ (ރަޝިއަން އެލައިޓްސް، ޕްރޮކްސީސް އެންޑް އޮލިގާޗްސް) އިން ބްލޮކްކޮށްފައިވާ ރަޝިޔާގެ ސޮވަރިން އެސެޓްތަކުގެ ޖުމްލަ އަގު 280 ބިލިއަން ޑޮލަރަށް އަރާނެ ރެޕޯއިން ކަމަށް ލަފާކޮށްފިއެވެ.

"އެސެޓްތަކުގެ ޖުމްލަ އަގު ގާތްގަނޑަކަށް 280 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވޭއިރު، އޭގެ ބޮޑު ބައެއް ހިފަހައްޓާފައިވަނީ ޔޫރަޕިއަން ޔޫނިއަންގައި" ރެޕޯ ބައްދަލު ވުމަކަށްފަހު އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޒަރީން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޒަރީގެ ބަޔާނުގައި އިތުރަށް ބުނީ ރެޕޯގެ މެމްބަރުން ވައުދުވީ ރަޝިޔާގެ ސޮވަރިން އެސެޓްތައް ރަޝިޔާއިން ޔޫކްރޭނަށް ދިން ގެއްލުމުގެ ބަދަލު ނުދޭހާ ހިނދަކު އެއްގޮތަކަށް ވެސް ނުހިނގާނެކަން ކަށަވަރު ކޮށްފައި ބޭއްވުމަށެވެ.

އަދި މިބައްދަލުވުމުގެ ބައިވެރިން ވަނީ ހުޅަނގުގެ ޓެކްނޮލޮޖީ ހޯދުމަށް އެގައުމުން ކުރަމުން އަންނަ މަސައްކަތަށް ހުރަސްއެޅުމާއި ގުޅޭ ގޮތުންވެސް މިބައްދަލުވުމުގައި މަޝްވަރާ ކޮށްފައެވެ.

ރެޕޯ އަކީ ދަތިކުރުމުގެ ފިޔަވަޅުތަކާ އެއްގޮތަށް ރަޝިޔާއާ ގުޅުން ހުރި މުދާ ޗެކްކުރުމާއި އަތުލައިގަތުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ހުޅަނގުގެ މަލްޓިލޭޓަރަލް ބޮޑީއެކެވެ. މި ގްރޫޕްގައި ހިމެނެނީ އެމެރިކާގެ ޖަސްޓިސް އަދި ޓްރެޝަރީ ސެކްރެޓަރީންނާއި އޮސްޓްރޭލިއާ، އިނގިރޭސިވިލާތް، ޖަރުމަނާއި އިޓަލީ، ކެނެޑާ، ފްރާންސް، ޖަޕާން އަދި ޔޫރަޕިއަން ކޮމިޝަނެވެ.