ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ އަނބިކަނބަލުން ފަޒުނާ އަޙްމަދު މިއަދު ހެނދުނުގެ ވަގުތެއްގައި ވޯޓު ލައްވައިފިއެވެ.

މިއަދު ހެނދުނު 08:00 އިން ފެށިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަނީ ވޯޓް ލާން ފަށާފައެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ހަވީރު 4:00 ގެ ނިޔަލަށް ވޯޓް ލާ މަރުކަޒުތަކަށް ވަދެވޭނެ ކަމަށެވެ.

އަދި ވޯޓު ފޮށިތައް ބަންދު ކުރާނީ ވޯޓުލުން ބަންދުވާ ގަޑި ޖެހޭއިރު ކިއޫގައި ތިބޭ ބަޔަކަށް ވޯޓުލުމުގެ ފުރުސަތު ދިނުމަށް ފަހުގައެވެ.