މެލޭޝިއާގައި ހުރި ވޯޓު ފޮށި ބަންދުކޮށްފިއެވެ.

މެލޭޝިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުން ވޯޓުލުމަށް ބަހައްޓާފައިވާ ވޯޓު ފޮށި ތަކުގައި ވަގުތު ހަމަވީއިރު މީހުން ނެތުމުން ވޯޓު ފޮށި ވަނީ ބަންދުކޮށްފައެވެ. އެ ގައުމުގައި ވޯޓުލުމުގެ ހައްގު 1423 މީހުންނަށް ލިބިފައިވާއިރު، ބަހައްޓާފައިވަނީ ތިން ފޮށްޓެވެ. ކޮމިޝަނުން ކަނޑައަޅާފައިވާ ގަޑިއަށް ހެނދުނު ވޯޓުލާން ފެށިއިރު ކިއުގައި މީހުން ތިއްބެވެ.

މި ފޮށްޓަކީ ބޭރު ގައުމުތަކުގައި ބެހެއްޓި ފޮށިތަކުގެ ތެރެއިން އެންމެ ފުރަތަމަ ވޯޓު ފޮށި ބަންދުކުރި ގައުމެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ހަވީރު 4:00 ގެ ނިޔަލަށް ވޯޓު ލާ މަރުކަޒުތަކަށް ވަދެވޭނެ ކަމަށެވެ. އަދި ވޯޓު ފޮށިތައް ބަންދު ކުރާނީ ވޯޓުލުން ބަންދުވާ ގަޑި ޖެހޭއިރު ކިއޫގައި ތިބޭ ބަޔަކަށް ވޯޓުލުމުގެ ފުރުސަތު ދިނުމަށް ފަހުގައިކަމަށްވެސް އީސީން ވަނީ ބުނެފައެވެ.