ނިމިދިޔަ ރިޔާސީ އިންތިހާބުގެ ވޯޓުލުން ނިމި، ރާއްޖެއާއި ރާއްޖެއިންބޭރުގެ ބައެއް ފޮށިތަކުގެ ވަގުތީ ނަތީޖާ އިއުލާނު ކުރަމުން ދާއިރު މިވަގުތު ރާއްޖޭގެ ތިން ސިޓީއެއްގެ ނަތީޖާ ދައްކާ ގޮތުން އެންމެ ކުރީގައި ވާދަކުރައްވަނީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް، މާލޭގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒެވެ.

މާލެ ސިޓީ، އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ މިހާތަނަށް ގުނި ވޯޓު ފޮށިތަކުގެ ނަތީޖާ އިން އެންމެ ކުރީގައި ވާދަކުރައްވަނީ ޑރ. މުއިއްޒެވެ.

އެގޮތުން މިހާތަނަށް ގުނާފައިވާ ވޯޓުފޮށި ތަކަށް ބަލާއިރު:-

  • ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު: 33530 ވޯޓު
  • އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސާލިހު: 29740 ވޯޓު
  • ދި ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބު: 4705 ވޯޓު
  • އަމިއްލަ ގޮތުން ވާދަކުރައްވާ އުމަރު ނަސީރު: 1990 ވޯޓު
  • ޖޭޕީގެ ކެންޑިޑޭޓް ގާސިމް އިބްރާހީމް: 2265 ވޯޓު
  • އެމްއެންޕީގެ ކެންޑިޑޭޓް ކާނަލް ނާޒިމް: 653 ވޯޓު
  • އަމިއްލަ ގޮތުން ވާދަކުރައްވާ ފާރިސް މައުމޫނު: 677 ވޯޓު
  • އަމިއްލަ ގޮތުން ވާދަކުރައްވާ ހަސަން ޒަމީލް: 91 ވޯޓު

ރިޔާސީ އިންތިހާބުގެ ފުރުތަމަ ބުރުގެ ވޯޓުލުން މިއަދު ކުރިއަށް ދިޔަ ވޯޓުލެވޭ އާބާދީއަކީ 282،395 މީހުންނެވެ.

އަލަށް ވޯޓުލާ އާބާދީގެ އަދަދަކީ 27،006 އެވެ. ޖުމްލަ 574 ވޯޓު ފޮށި ބަހައްޓާފައިވެއެވެ.